މާލެ ސަރަހައްދުގައި ކޮންމެ 5 މީހަކުން 3 މީހަކު ޕޮޒިޓިވް

މާލެ ސަރަހައްދުގައި ކޮންމެ 5 މީހަކުން 3 މީހަކު ޕޮޒިޓިވް

Author
މުޙައްމަދު ޖިމީ
09 މެއި 2021 10:14
0

މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ސާމްޕަލް ނަގާ ކޮންމެ ފަސް މީހަކުން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވާކަމަށް ހެލްތު ޕްރޮތެކްޝން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއިން ކޯވީޑް19އަސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ކޮންމެ ދުވަހަކުވެސް500އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރެއެވެ. އަދި މިއަދުގެ ޕޮޒިޓިވް ކޭސްތައް1000އަށް ވުރެ މައްޗަށް އަރާނެކަމަށް ވަނީ ބެލެވިފައެވެ.

އެޗްޕީއޭއިން ބުނީ ފުލޫ ކްލިނިކަށް ދައްކާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި، ކްލިނިކަށް ދައްކާ މީހުންގެ ތެރެއިންވެސް ގިނަ ބަޔަލު ޕޮޒިޓިވްވަމުން އަންނަކަމަށެވެ. އެޗްޕީއޭއިން މިއަދު ބުނީ ކޮންމެ ދުވަހަކުވެސް ޢުމުރުން ދިހަ އަހަރުން ދަށުގެ އަށްޑިހަވަރަކަށް ކުދިން ޕޮޒިޓިވްވާކަމަށެވެ. އޭގެ ތެރޭގައި އަހަރު ނުވާ ހަތަރު ނުވަތަ ފަސް ކުދިންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން230އަށް ވުރެ ގިނަމީހުން މިވަގުތުވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު، އޭގެ ތެރޭގައި ޒުވާނުންވެސް ހިމެނެއެވެ. އެޗްއީއޯސީގެ ޓެގް ޓީމްގެ ޑޮކްޓަރުން ވިދާޅުވީ، ވަރަށް ޒުވާން ޢުމުރުގެމީހުންވެސް ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭކަމަށާއި، އޭގެތެރޭގައި ޢުމުރުން26 އަހަރާއި37 އަހަރާއި ދެމެދުގެމީހުންވެސް ހިމެނޭކަމަށެވެ.

މިވަގުތު ބައްޔަށް ޕޮޒިޓިވެ ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ10،000އާއި ގާތްކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.