ބޭނުންވާނެ ތަކެތި:
2 ޖޯޑު ގަބުޅި ހުނި (ގާނާފައި)
1 1/2 ޖޯޑު ހަކުރު
1 ޖޯޑު ފުށް
3 ބިސް
2 ސައިސަމުސާ ރޯޒް ވޯޓާރ
3 ސައިސަމުސާ ފެން
ތައްޔާރުކުރާނެ ގޮތް:
މިކްސަރަކުން ހަކުރު ކޮޅު މުގުރާލާށެވެ.
ހަކުރުކޮޅު ހިމުންވުމުން ބިސްކޮޅާއި ރަނގަޅަށް އެއްކޮށްލުމަށްފަހު ގަބުޅި، ފުށް، ރޯޒް ވޯޓާ އަދި ފެން އަޅާ ރަނގަޅަށް ގިރާލާށެވެ.
ފުށްގަނޑު ރަނގަޅަށް ގިރުވާލެވުމުން ޓްރޭއަކަށް އަޅައި 250 ޑިގްރީގައި އަވަނުން ފިހެލާށެވެ.
30-45 މިނިޓް ތެރޭ ބޯކިބަލުގެ މައްޗަށް މުށިކުލަ އެރުމުން އެއޮތީ ރަނގަޅަށް ފިހެވިފަ އެވެ.
ކޮމެންޓު ފޮނުވާ