ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރާނަން، ފަހަރުގައި ލޮކްޑައުންއަކަށް ދާން ޖެހިދާނެ: ޑޮކްޓަރ

ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރާނަން، ފަހަރުގައި ލޮކްޑައުންއަކަށް ދާން ޖެހިދާނެ: ޑޮކްޓަރ

Author
މުޙައްމަދު ޖިމީ
08 މެއި 2021 10:38
0

ކޯވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތައް ވަރަށް އަވަހަށް އިތުރަށް ހަރުކަށި ކުރާނެކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމްގެ ޑޮކްޓަރ އަޙްމަދު ޝަޙީދު ވިދާޅުވެއްޖެއެއެވެ.

މިރޭ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން، ޑރ.ޝަހީދު ވިދާޅުވީ، މިހާތަނަށް ބަލި ފެތުރެން ރާއްޖޭގައި ފެށީންސުރެ އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ނިމިދިޔަ ހަފްތާގައިކަމަށެވެ. އަދި އެންމެ ގިނަ ބަޔަކު ނިޔާވީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު އެކަނިވެސް 6 މީހުން ނިޔާވިކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ ޝަހީދު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް ކޮންޓްރޯލްކުރުމަށް މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅަފައިވާއިރު، އިތުރު ހަރުކަށި ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅަން ފަށާނެކަމަށެވެ. އަދި އެފިޔަވަޅުތަކުން ޢަދަދަުތަށް ދަށްނުކުރެވިއްޖެނަމަ ފުލް ލޮކްޑައުންނަކަށް ދިއުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ ވަނީ ކޯވިޑްގެ ފިޔަވަޅުތަކަށް ޢާންމުންނަށް ޢަމަލުކުރެވޭލެއް މަދުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނަމާދަށް ދާއިރުވެސް އަމިއްލަ މުސައްލަ ގެންދާ މީހުން މަދުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ހަރަކަތްތައް ނުވަތަ މޫވްމަންޓްތައް މަދުކުރުމަށް އިރުޝާދު ދެއްވަމުން ޑޮކްޓަރ ވިދާޅުވީ، ކެފޭ ރެސްޓޯރަންޓުތަކުގައިވެސް ކެއުން ބުއިމަށް ތިބޭއިރު އެތެރޭގެ ބަންދު ތަނެއްގެ ބަދަލުގައި ޢާންމު ތަނެއްގައި ތިބުން މުހިންމުކަމަށެވެ. އަދި ބުފޭތައް ނުހެދުމަށްވެސް ޑޮކްޓަރ ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.