ހަމަލާގެ އިސްބައިވެރިޔާ ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެ

ހަމަލާގެ އިސްބައިވެރިޔާ ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 04:18
0

ހަމަލާގެ އިސްބައިވެރިޔާ ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މިމީހާގެ މައުލޫމާތު އެގޭ އެއްވެސް މީހެއްވާނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް އެންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މިއީ މިހާރު ފުލުހުން އެންމެ އިސްކަމެއްދީގެން ހޯދަން މަސައްކަތް ކުރަމުންދާ މީހާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމީހާގެ ދެފޮޓޯއެއް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެއްފޮޓޯގައި އަތަމާ ޕެލެސް ތެރޭގައި މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެނެއެވެ. އަދި އަނެއް ފޮޓޯއިން ފައިވާން އަތަށް ނަގައި ވަރަށް ބާރަށް ދުވެފައި މަޖީދީމަގުން މާފަންނާއި ވީކޮޅަށް ދުވާތަން ފެނެއެވެ.

ރައީސް ނަޝީދަށް ހަމަލާދިންކަމަށް ބުނާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގައި ބޮން ގޮއްވާލިކަމަށް ޝާމިލުވާ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން ގެންދަނީ ރައީސް ނަޝީދަށް ހަމަލާ ދިންމީހުން ހޯދުމަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން މިވަގުތުވެސް އަލިކިލެގެފާނު މަގުގެ ބައެއް ގެތަކުގައި ސަލާމަތީ ބާރުތަކުން ދަނީ ހަރަކަތްތެރިވަމުންނެވެ.

ރޭ ސިފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގއި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ގުނައެއް ބާރު ގަދަ ޑިވައިސްއެއްކަމަށް ބުނެފައެވެ. އަދި އޭގައި ލޭޒަރފުއް ބޭނުންކޮށްފައިވާކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.