ރައީސް ނަޝީދު މަންމައާއި، ބައްޕައަށް، "މަ ރަނގަޅޭ"

ރައީސް ނަޝީދު މަންމައާއި، ބައްޕައަށް، "މަ ރަނގަޅޭ"

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 03:59
0

ބްރާސްފަތި ދުވަހުގެރޭ ދިން ހަމަލާއަށްފަހު ކުރި އެތައް އޮޕަރޭޝަނަކާއި، ސާޖަރީއަށްފަހު ރައީސް ނަޝީދު މިއަދު ފުރަޔަމަ ފަހަރަށް ވާހަކަ ދައްކަވައިފިއެވެ.

ރައީސް ނަޝީދާއި އެންމެ ފުރަތަމަ ބައްދަލުކުރީ އެމަނިކުފާނުގެ މަންމައާއި، ބައްޕައެވެ. ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ހާލު ރަގަޅު ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ މައިންބަފައިންނަށް ހިތްވަރު ދެއްވައި ބަލިން ފަސޭހަވެ އެނބުރި އަންނާނީ މާވަރުގަދަކޮށް ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ލިބުނު ސީއަސް އަނިޔާތަކާއި ގުޅިގެން އެމަނިކުފާނުގެ ހާލަތު މިހާރު ރަނގަނޅުވަމުން އައި ނަމަވެސް މިހާރުވެސް ރައީސް ނަަޝީދަކީ ސީރިއަސް ޕޭޝަންޓެއްގެ ގޮތުގައި ބަލަމުންދާކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ހުރި ރޭޒާފުއްތަކާއި ދަގަނޑު އެތިކޮޅުތަކުން އެތައްބައެއް އެމަނިކުފާނުގެ މޭފުޅާއި ބަނޑުފުޅުގެ އިތުރުން ހަށިގަނޑުގެ އެތަންމިތަނަށް ވަނީ ހެރިފައިކަން އޭޑީކޭއިން ހާމަކުރައްވައެވެ. އަދި އޭގެ ސަބަބުން މޭކަށިގަނޑުގެ ބައެއް ރިބުތައް ފުނޑުފުނޑުވެ، އެތެރެހަށީގެ ބައެއް ގުނަވަންތަކާއި ހަށިގަނޑަށްވެސް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ.

އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ ގޮހޮރުވަނީ ފޫގޮސްފައެވެ. މިއީ ވަރަށް ނުރައްކާތެރިކަމެއްކަމަށާ، މިފަދަ ޙާލަތްތަކުގައި ޢާއްމުކޮށް ބަނޑު ތެރެއަށް ނަޖިސް ލީކުވެ އިންފެކްޓްވާގޮތް މެދުވެއެވެ. އެހެންނަމަވެސް ރޯދަ މަސް ކަމުން ރައީސް ނަޝީދުގެ ގޮހޮރު ވަރަށް ބޮޑަށް ހުސްކޮށް އޮތުމުން މާބޮޑަށް ބަނޑު ތެރެއަށް ނަޖިސް އެޅިފައިނުވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ނަމަވެސް އަދިވެސް އެކަމުގެ ނުރައްކާ ކޮންމެވެސްވަރަކަށް އެބައޮތްކަމަށް ޑޮކްތަރުން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަލިހާލަތާއި ގުޅިގެން އެމަނިކުފާނަށް ގިނަ ބަޔަކު ދަނީ ހަމްދަރުދީގެ މެސެޖް ފޮނުވައި އަވަސް ޝިފާއަކަށް އެދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

R Rty
Adk ves varahbodah ehkolhah burave vaahakadhahkanee .mulhin thedhu mauloomaatheh nudhey.
W Waail
Stunt jassany vagu yaaminu
A Ali
Salhi stunt eh adk aa gulhigen