ނަޝީދުގެ ފުއްޕާމޭ ފޫއަޅުވާލައި، ހިތައް ދަނގަޑުކޮޅެއް ނުވަދެއިނީ ކިރިޔާ: ޑޮކްޓަރުން

ނަޝީދުގެ ފުއްޕާމޭ ފޫއަޅުވާލައި، ހިތައް ދަނގަޑުކޮޅެއް ނުވަދެއިނީ ކިރިޔާ: ޑޮކްޓަރުން

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 02:59
0

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ހަށިގަނޑުގެ އެތެރޭގެ ގިނަ ގުނަވަންތަކަށް ހަމަލާގެ ނުރައްކާތެރިކަން އަމާޒުވެފައިވާކަމަށާއި، އެގޮތުން ފުއްޕާމެއަށް އެރި ހަމަލާ، މެއާއި ހަމައަށް އަމާޒުނުވެ އިނީ ކިރިޔާކަމަށް އޭޑިކޭގެ ޑޮކްޓަރުން ވިދާޅުވެއްޖެެވެ.

ރައީސް ނަޝީދުގެ އޮޕަރޭޝަންގެ ކަންކަން ކުރިއަށް ގެންދެވި ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ ރައީސް ނަޝީދުގެ ހަށިގަނޑުގެ ތެރެއަށް ގިނަ ދަނގަޑުކޮޅުތައް ވަދެފައިވާކަމަށެވެ. އަދި ލޭޒާ ފުށްތައްވެސް އެކި ދިމަދިމާލުން ވަދެފައިވާކަމަށެވެ. އޭގެ ތެރެއިން ފުއްޕާމެއަށް އަމާޒުވި ހަމަލާ ހިތައް ނާރާ އިނީ ކިރިޔާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މިޕްރެސްގައި ޑރ.ނިޔާފް ވިދާޅުވީ ރައީސް ނަޝީދު ގެނައިއިރުވެސް ވަރަށް ބޮޑަށް ގައިގެ އިކި ތަންތަނުން ބްލީޑްވަމުން ދިޔަކަމަށެވެ. ރައީސް ނަޝީދު އެންމެ ފުރަަމަ ހޮސްޕިޓަލަށް ގެނައިރު އެމަނިކުފާނަށް ފަރުވާދެއްވި ޑރ.ހުސޫމާ ވިދާޅުވީ ފުރަތަމަ ގެނައިރު އެމަނިކުފާނަށް ވާހަކަވެސް ދެކެވި ހާލަތު ކިޔައިދެއްވިކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހަށިކޮޅަށް ބަލައިމުން ވަގުތުން އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސް ފަރުވާދޭން ފެށިކަމަށެވެ.

ޑޮކްޓަރުން ވިދާޅުވީ މިހަލަމާގައި ވަރަށް ގިނަ ޒަޙަމްތަކެއް ރައީސް ނަޝީދަށް ލިބިފައިވާކަމަށާއި، އެމަނިކުފާނުގެ ހަށިކޮޅުގެ ވަރަށް ސީރިއަސް ހިސާބުތަކަށް ދަނޑު ކޮޅުކޮޅު ވަދެ، ބައެއް ތަންތަނުން ފޫއަޅައި ނިކުމެފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ފުއްޕާމޭ ފޫއަޅާލައި، ހިތައް ދަނގަޑު ކޮޅެއް އަމާޒުނުވެ އިނީ ކިރިޔާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި ގިނަ ރޭޒާ ފުށްތަކެއް އެމަނިކުފާނުގެ ހަށިގަނޑު ތެރެއަށް ވަދެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.