ސީޕީއާއި، ޕީޖީ ބައިވެރިވާ ޚާއްސަ ޕްރެސްއެއް މިއަދު ހަވީރު

ސީޕީއާއި، ޕީޖީ ބައިވެރިވާ ޚާއްސަ ޕްރެސްއެއް މިއަދު ހަވީރު

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 02:14
0

ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިއަދު ހަވީރު ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޕީޖި ހުސެއިން ޝަމީމް ބައިވެރިވާ ޚާއްސަ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު 16:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެސްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟްގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މި ޕްރެސްގައި މިއަދު ހައްޔަރު ކުރި މީހުންގެ މައުލޫމާތާއި، އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މިމައްސަލާގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ މި މައްސަލައަކީ އެންމެ އިސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ. ނަޝީދަށް ދިން މި ހަމަލާއަކީ ޓެރަރިޒަމް ހަމަލާއެއްކަމަށާއި މި ހަމަލާއާއި ގުޅިގެން ޝައްކު ކުރެވޭ 4 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މީހުންގެ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މި މައްސަލައިގެ ތަހުޤީގުގައި 450 ފުލުހުން މަސައްކަތް ކުރަމުން އަންނަކަން ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި އުދްވާނީ ހަމަލާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުވަތަ މައުލޫމާތެއް ވާނަމަ އޮންލައިންކޮށް ހުށައެޅެމުގެ ފުރުސަތުވެސް ފުލުހުން މިވަނީ ހުޅުވާލާފައެވެ. މިގޮތުން މި ފަދަ އެއްވެސް މައުލޫމާތެއް ވާނަމަ https://u.police.mv/evidence. ހުށައެޅުމަށް ފުލުހުން އެދިވޑައިގަންނަވައެވެ. އަދި މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.

މީގެއިތުރުން މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 9704000 އަށް ވެސް ހުށައެޅޭނެއެވެ. ހިއްސާކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.