ނަޝީދުގެ ހަށިފާރަވެރިންގެ މަސައްކަތަށް މާރިޔާއާއި، ޝަމާލްގެ ތަޢުރީފް

ނަޝީދުގެ ހަށިފާރަވެރިންގެ މަސައްކަތަށް މާރިޔާއާއި، ޝަމާލްގެ ތަޢުރީފް

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 10:47
0

ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ހަށިފާރަވެރިންގެ މަސައްކަތަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ ތައުރީފް ކުރައްވައިފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ބައެއް ފަރާތްތަކުން ހަށިފާރަވެރިންނާއި ގުޅޭގޮތުން އެކި ވާހަތައް ދައްކަމުންދާ ދަނޑިވަޅެއްގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ އަމާޒުވުމާއިއެކު ހަށިފާރަވެރިން އަމަލުކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް، ވަރަށް ޒިންމާދާރު ގޮތެއްގައި ކަމަށެވެ. ނަޝީދަށް ލިބުނު އަނިޔާއާއި ގުޅިގެން ހާދިސާ ހިނގިތާ ހަތް މިނިޓް ތެރޭގައި ހޮސްޕިޓަލަށް ގެންދިޔަކަމީ މިހާދިސާގައި އެމަނިކުފާގެ ސެކިއުރިޓީން ދެއްކި ހިތްވަރުގަދަ ނަމޫނާއެއް ކަމަށެވެ.

ސެކިއުރިޓީ ބަލަހައްޓަން ތިއްބެވި ބޭފުޅުންނަށްވެސް މިހާދިސާގައި އެކި ވަރުގެ އަނިޔާތަކެއްލިބި އަދި އަމިއްލަ ފުރާނަޔަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި އިސްކުރެއްވީ ރައީސް ނަޝީދުގެ ސަލާމާތާއި ރައްކާތެރިކަން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ހަށިފާރަވެރިންނަށްވެސް ބޮޑެތި ޒަޚަމްތަކެއް، ފަރުވާއަށްފަހު ދޫކޮށްލައިފި

މިމައުޞޫގައި ވާހަކަ ދައްކަވަމުން މޭޖާ ޝަމާލް ވިދާޅުވީ ރައީސް ނަޝީދު އެރޭ ވަޑައިގަންނަވަން އުޅުއްވީ އެހެން ރަށެއްގައި އޮތް އިވެންޓަކަށް ކަމަށެވެ. އަދި ގެއިން ނިކުންނަވައި ކާރާއި ހަމައަށް ދިއުމަށް ހިންގަވާފައި ވަޑައިގެންނެވިއިރުވެސް ސިފައިން އަމަލުކޮށްފައިވަނީ ދީފައިވާ ތަމްރީންތަކުގެ ތެރެއިން އޮންނަ އުސޫލުތަކުގެ ތެރެއިންކަމަށެވެ. އަދި ހަމަލާ އަމާޒުވުމާއިއެކު ފެނިގެންދިޔައީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓި ބޭފުޅުންގެ ހިތްވަރު ގަދަކަމާއި، ކެތްތެރިކަން ކަމަށެވެ.

ޝަމާލު ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ހައިރިސްކު ބޭފުޅާއަށްވުމުން ރައީސް ނަޝީދުގެ ސެކިއުރިޓީ ކަށަވަރު ކުރުމަކީ އަބަދުވެސް ސިފައިން ހާއްސަ އިސްކަމެއްދޭ ކަމެއްކަމަށެވެ. ނަމަވެސް މިހާދިސާ ހިނގިމުގައި ސިފައިންގެ ދައުރަކީ ކޮބައިތޯ ބެލުމަކީ އޮތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދިސާގައި ސިފައިންގެ 3 މީހަކަށް ވަނީ އަނިޔާވެފައެވެ. އެގޮތުން އަނިޔާވި ސިފައިންގެ ގައިގެ އެކި ތަންތަނަށް ގޮއްވާލި އެތީގެ ބައިތައް ވަދެ އެކި ވަރުގެ ޒަހަމްތަކެއް ވަނީ ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.