ކޯވިޑްގައި އިތުރު މަރެއް، އަދަދު 83 އަށް

ކޯވިޑްގައި އިތުރު މަރެއް، އަދަދު 83 އަށް

Author
މުޙައްމަދު ޝަޒައިމް
08 މެއި 2021 01:40
0

ރާއްޖެއިން ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 83 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާއަކީ އިއްޔެގެ ވަގުތެއްގައި އައިޖީއެމްއެޗްގެ އީއާރަށް ގެނައި މީހެއް ކަމަށާ އޭނާ ގެނައިއިރުވެސް ހަރަކާތެެއް ނެތް ކަމަށެވެ.

މިއީ މިދިޔަ 48 ގަޑިއިރުތެރޭ ކޮވިޑްގައި ރާއްޖެއިން މަރުވި ނުވަ ވަނަ މީހާއެވެ. މިއަދު މަރުވި ހަތަރުވަނަ މީހާއެވެ.

މަރުވާ މީހުން އިތުރުވުމާއެކު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އިއްޔެ ވެސް 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ. ކޯވިޑްގެ ހަތަރުވަނަ ރާޅެއްގައި ރާއްޖެ އޮތްއިރު މިއީ ކޮވިޑްގައި ދިވެހިން ހޭދަކުރާ އެންމެ ނުރައްކާތެރި ދުވަސްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.