ކޯވިޑްގައި މިއަދުގެ ދެވަނަ މަރު، އަދަދު 81 އަށް

ކޯވިޑްގައި މިއަދުގެ ދެވަނަ މަރު، އަދަދު 81 އަށް

Author
މުޙައްމަދު ޝަޒައިމް
07 މެއި 2021 04:02
0

ކޯވިޑް-19 ގައި ފަރުވާ ދެމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 7:50 ހާއިރު ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 37 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އެމީހާ އަކީ ކ. މާފުށީ އައިސޮލޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ ބަންގްލަދޭޝް ފިރިހެނެކެވެ.

ކޮވިޑް ބަލީގައި އިއްޔެ ރާއްޖެ އިން ވަނީ ފަސް މީހަކު މަރުވެފަ އެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކާއި ނައިފަރުން ދެ މީހަކު އަދި ގެސްޓް ހައުސްއެއްގައި ކަރަންޓީނު ވެގެން ހުރި މީހެކެވެ.

ރޭ ދަންވަރު 3:47 ހާއިރު ވެސް ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފަ އެވެ. އެއީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.