ހަމަލާދީފައިވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް

ހަމަލާދީފައިވަނީ ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް

Author
މުޙައްމަދު ޝަޒައިމް
07 މެއި 2021 02:59
0

ރޭ ކެނެރީގޭ ކައިރީގައި ދިން ހަމަލާއަކީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދެވުނު ހަމަލާއާއި ގުޅިގެން ފުލުުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިހަލާ ދީފައިވަ ގޮތާއި، ހަމަލާ އަމާޒުވެފައިވާ ގޮތަށް ބަލާއިރު، މިއީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓު ހަމަލާއެއްކަން ހާމަވާކަމަށެވެ.

މިހަމަލާގެ ރިޕޯޓްލިބުނުނ ހިސާބުން ފެށިގެން މިހާތަނަށްވެސް ފުލުހުން ދަނީ މިކަން ފުލުހުން ތަހުގީގް ކުރާ އެންމެ ސީރިއަސް އަދި އެންމެ އިސްކަންދޭ މައްސަލައިގެ ގޮތުގައި ބަލައިތަހުގީގް ކުރަމުން ކަމަށެވެ. މިހާދިސާގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާއި ގުޅިގެން އެމަނިކުފާނުގެ ގިނަ ސާޖަރީތަކެއް ކުރެވި ހުރިހާ ސާޖަރީއެއް މިހާތަނަށް ކާމިޔާބު ވެފައިވާކަމަށެވެ.

ސީޕީ ވިދާޅުވީ މިހާދިސާގައި ބައިނަލް އަގުވާމީ ބައިވެރިވުންވެސް ލިބިފައިވާކަމަށާއި، މާދަމާ އޮސްޓްރޭލިއާ ފުލުހުން މިތަހުގީގުގައި ބައިވެރިވުމަށް ހަމަޖެފައިވާކަމަށެވެ. ނުރައްކާތެރި މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 8:30ގައިއެވެ. އަދި އެމަނިކުފާނު ހޮސްޕިޓަލަށް ގެނައިރު ގިނަ ޒަޚަމްތަކެއްހުރިކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ ހާލުކޮޅާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޙަމަލާގައި ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އެހެންނަމަވެސް އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރައީސް ނަޝީދަށްް ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ކުރި އޮޕަރޭޝަންތަކުގެ ތަފްސީލެއް އައި އޭޑީކޭއިން ހާމަކޮށްފައެވެ ނުވެއެވެ. ރޭގައި ދިން މިހަމަލާގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ދެ ހަށިފާރަވެރިންގެ އިތުރުން އާއްމު ރައްޔިތަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ރައްޔިތަކުވެސް ވަނީ ޒަހަމްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.