ހަމަލާގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރަންޖެހޭ ކޮންމެކަމެއް ކުރާނަން

ހަމަލާގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރަންޖެހޭ ކޮންމެކަމެއް ކުރާނަން

Author
މުޙައްމަދު ޝަޒައިމް
07 މެއި 2021 09:21
0

ރޭ ރައީސް ނަޝީދަށް ދިން ހަމަލާގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރަންޖެހޭ ކޮންމެކަމެއް ކުރާނެ ކަމުގައި ހޯމް މިނިސްޓްރީން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ކުއްވެރިކޮށް ހޯމް މިނިސްޓްރީން ބުނެފައިވަނީ މިހަމަލާ ދިން މީހުންނާއި މިކަމުގައި ޝާމިލުވާ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރާނެކަމަށެވެ. އަދި ރާއްޖޭގެ ޞުލްހަޔާއި އަމާންކަން ނަގާއި، ޤައުމުގެ ހަމަޖެހުން ގެއްލުވާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހަމަލާ ދިން ފަރާތްތަކާއި، މިކަމުގައި ޝާމިލްވާ ފަރާތްތައް ހޯދާ އިންސާފްގެ ކުރިމައްޗަށް ގެންނަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. ރާއްޖޭގެ ސުލުހައާއި، އަމާންކަން ނަގާލުމަށް އެއްވެސް ޖާގައެއް ނޯންނާނެ.

– ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

ހޯމް މިނިސްޓްރީން ވަނީ މިހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާދިސާގައި އަނިޔާ ލިބުނު އެންމެންނަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ރޭ، މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ޒަޚަމްވި އެހެން ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން. އަދި މިހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން.

– ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިހަމަލާ ގިނަ ބަޔަކު ކުށްވެރި ކުރަމުންދާއިރު މިހަމަލާ ހިންގި މީހުންނާއި ހަމަލާ ދިން މީހުން ހޯދައި ލަސްނުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިމައްސަލާގައި އިންސާފު ގާއިމްކުކޮށް މިކަމުގައި ޝާމިލުވާ މީހުން ލަސްނުކޮށް ހޯދައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އަންގަވާފައިވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަރީފް
ޑރ މަރްހޫމް އަފްރާޝީމްގެހަގީގީގާތިލުންހޯދުމައްވެސް ވަރައްގާފޮރޮޅި ވީކޮންކަމެއް އާއިލާއައްއިންސާނުލިބޭއަދިވެސް