ކޯވިޑް 19 އަށް ޕޮޒިޓިވްވެގެން އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ. އެއީ ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު މަރުވި ހަވަނަ މީހާއެވެ.
އެނގިފައިވާ ގޮތުން މިރޭ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ގެންދުވުނު ދުވަސްވީ އަންހެނެކެވެ. އޭނާ މަރުވި ފަހުން ޓެސްޓް ހެދިއިރު ކޯވިޑަށް ޕޮޒިޓިވްކަން އެނގިފައިވެ އެވެ.
މިއަދަކީ ކޯވިޑުގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ކޯވިޑްޖެހިގެން މިއަދު ނައިފަރުން ދެ މީހަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެމީހެއްގެ އިތުރުން އއ ރަސްދޫގައި ކަރަންޓީނުގައި ހުރި އިންޑިއާ މީހަކު މިއަދު ވަނީ މަރުވެފަ އެވެ. އެމަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 80 އަށް އަރާފަ އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު މިއަދު އެކަނި 703 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 526 މީހުންނާއި އަތޮޅުތަކުން 167 މީހުންނާއި ރިސޯޓުތަކުން ހަތް މީހެއްގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ތަންތަނުން ތިން މީހެކެވެ.
ކޮމެންޓު ފޮނުވާ