މިރޭގެ ހަމަލާގައި އަނިޔާވި ރައީސް ނަޝީދުގެ ހަށިފާރަވެރިންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިިފިއެވެ.
މިރޭ 20:20 ކަންހާއިރު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނޔގެ ހަށިފާރަވެރިންނަށްވެސް ވަނީ އެކިވަރުގެ ގެއްލުންތަކެއް ލިބިފައެވެ. ހަށިފާރަވެރިން އަނިޔާތަކަށްފަހު ދޫކޮށްލާފައިވާއިރު، އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެގޮތުން އަތުގެ އެކި ތަންތަނަށް ވަނީ އެކި ވަރުގެ ޒަހަމްތަކެއް ލިބިފައެވެ. މިހަަލާއާއ ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.
އޭޑީކޭއިން ބުނެފައިވަނީ ރައީސް ނަޝީދު އިތުރު ސާޖަރީތަކެއް ކުރަން ހަމަޖެހިފައިވާކަމަށެވެ. އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެނައީ މިރޭ 8:30ގައިކަމަށެވެ. އަދި އެމަނިކުފާނު ހޮސްޕިޓަލަށް ގެނައިރު ގިނަ ޒަޚަމްތަކެއްހުރިކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
އޭޑީކޭއިން ބުނީ ރައީސް ނަޝީދަށް ފަރުވާދެމުންދަނީ މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުންކަމަށެވެ. އަދި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް އޭޑީކޭއިން ބުނެއެވެ.
އޭޑީކޭއިން ބުނީ ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާއި ގުޅިގެން އިތުރު ސާޖަރީތަކެއް ހަދަންޖެހުނުކަމަށެވެ.
މިރޭ 8:30 ހާއިރު އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ. އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ.
ކޮމެންޓު ފޮނުވާ