ރައީސް ނަޝީދަށް ދިން ހަމަލާއަކީ ފުރާނަފުޅު ދުއްވާލަން ދިން ހަމަލާއެއް: އެމްޑީޕީ

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ފުރާނަފުޅު ދުއްވާލަން ދިން ހަމަލާއެއް: އެމްޑީޕީ

Author
މުޙައްމަދު ޝަޒައިމް
06 މެއި 2021 10:47
0

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއަކީ ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަަނީ އެހަމަލާއަކީ ސީދާ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަޙްޤީޤުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. މި ހަމަލާގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިވަގުތު އޭ.ޑީ.ކޭ އިން ގެންދަނީ ފަރުވާ ދެއްވަމުންދާއިރު، ދުޢާ އަކީ، ރައީސް މުޙަންމަދު ނަޝީދަށް އަދި އެމަނިކުފާނުގެ ސެކިޔުރިޓީ އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ސިޔާސީ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންވެސް ދަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަަޖަމަލުhumhum
Haha theedhogeh mdp moyavanee