ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ނިރުބަވެރި ހަމަލާ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ކުށްވެރި ކޮށްފިއެވެ.
އެމްއާރުއެމްއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ނިރުބަވެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ރައީސް ނަޝީދާއި މި ހަމަލާގައި ޒަޚަމްވި އެހެން މީހުންނަށް އަވަސް ޝިފާއަކަށް އެދޭކަމަށެވެ.
މި ހަމަލާ ރަނގަޅަށް ތަޙުޤީޤުކޮށް، މިކަން ރާވައި ހިންގި ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް އެމްއާރުއެމްއިން ވަނީ ގޮވާލާފައެވެ. އަދި މިފަދަ އަމަލުތަކަށް މި ދިވެހި ފަސްގަނޑުގައި އެއްވެސް ވަރަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިހަލަމާ ރައީސް މައުމޫންވެސް ވަނީ ކުށްވެރި ކުރައްވައި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޓުވީޓެއްވެސް ކުރައްވާފައެވެ.
I do hope and pray that Raees Nasheed is unhurt and well. I condemn in the strongest terms all acts of violence and terrorism.
— Maumoon Abdul Gayoom (@maumoonagayoom) May 6, 2021
ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް މިވަގުތު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. މިހަމަލާ ސިޔާސީ ބޭފުޅުންނާއި، އާންމު ރައްޔިތުންވެސް ދަނީ ކުށްވެރި ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ