އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މީގެ ކުޑަ އިރުކޮޅެއް ކުރިން ހަމަލާއެއް ދީފިއެވެ.
ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ކާރުކޮޅުގައި އިންނަވަނިކޮށެވެ.
އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ތަފްސީލެއް އަދި ހާމަނުކުރި ނަމަވެސް އެމަނިކުފާނަށްވެސް ވަނީ އެކިވަރުގެ އަނިޔާތަކެއް ލިބިވަޑައިގެންފައެވެ. ކާރުކޮޅުގައި އިންނަވަނިކޮށް ބާރު އަޑަކާއިއެކު އެއްޗެއް ގޮވުމުގެ ސަބަބުން ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިފި pic.twitter.com/aFF3aDoZkU
— ??? (@Simwarr) May 6, 2021
މިހާދިސާ ހިނގާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގަލޮޅު ކެނެރީގެއިން ނިކުންނަވައި ކާރަށް އަރަން އުޅުއްވަނިކޮށްކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. މިހަލާގެ ސަބަބުން އެސަރައްދުގެ ގައި ހުރި ބައެއް ސައިކަލުތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. ފުލުހުން މިހާރުވެސް ދަނީ އެސަރަހައްދުގެ ސަލަމާތީ ކަންކަން ބަލަހައްޓަމުންނެވެ.
ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިފި pic.twitter.com/zsrOVi6YqL
— ??? (@Simwarr) May 6, 2021
ރައީސް ނަޝީދު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.
ކޮމެންޓު ފޮނުވާ