އެކަށީގެންވާ މިންވަރަށް އިންތިޒާމްތައް ރޭވިގެން ނޫނީ އޭއެފްސީ ކަޕަށް ހުއްދަ ނުދޭނެ: މަބްރޫކް

އެކަށީގެންވާ މިންވަރަށް އިންތިޒާމްތައް ރޭވިގެން ނޫނީ އޭއެފްސީ ކަޕަށް ހުއްދަ ނުދޭނެ: މަބްރޫކް

Author
ޔޫސުފް
04 މެއި 2021 12:25
0

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގެ މެޗުތައް މާލޭގައި ކުޅުމަށް، އެކަށީގެންވާ މިންވަރަށް އިންތިޒާމްތައް ރޭވިފައިނުވާނަމަ މުބާރާތް ކުރިޔަށް ގެންދަން ހުއްދަ ނުދޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ހެލްތު މިނިސްޓްރީން ނަންގަވާފައިވާ ސްޓޭންސަކީ އޭއެފްސީ ކަޕް ކުރިޔަށްގެންދަން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އިންތިޒާމްތައް ރޭވިގެން ނޫނީ އެކަމަށް ހުއްދަ ނުދޭ ގޮތަށްކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ މުބާރާތަކާ ގުޅޭ ކަމަކަށްވަތީ، ހެލްތު މިނިސްޓްރީގެ ފަރާތުން ޔޫތު މިނިސްޓްރީން މިއަދު އެކަމާ ގުޅިގެން ރިިކުއެސްޓެއް އައިސްފައި އެބައޮތްކަމަށެވެ. އަދި އޭއެފްސީ މުބާރާތުގެ މެޗުތަކަކާ ގުޅޭގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން ހެލްތު މިނިސްޓްރީއާއެކު މަޝްވަރާ ފަށާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން އަދި މުބާރާތް ބޭއްވޭނެތޯ އަދި ނުބޭއްވޭނެތޯ އާއި މެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ މުބާރާތަކާ ގުޅޭ ކަމެއް. އެހެންވީމަ އެކަމަށް ހެލްތު މިނިސްޓްރީގެ ފަރާތުން މިހާރު އަޅުގަނޑު ހިތުން ޔޫތު މިނިސްޓްރީން މިއަދު އެކަމާ ގުޅިގެން ރިިކުއެސްޓެއް އައިސްފައި އޮތީ. މި ވަގުތަކު ސީދާ ޖަވާބެއް އަޅުގަނޑު އަތަކު އެއް ނެތް،"

މިހާރު އޮތް ގޮތުން އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް މެޗު މިމަހުގެ 11 ވަނަ ދުވަހު މާލޭގައި ކުޅެން އޮތީ ޝެޑިއުލްކޮށްފައެވެ. އަދި މެޗުގައި ރާއްޖޭގައި ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅޭ އިންޑިއާގެ ބެންގަލޫރު އެފްސީ ކުރިޔަށް އޮތް 2 ދުވަހުއްގެ ތެރޭގައި ރާއްޖެ އަންނާނެއެވެ. އަދި ގްރޫޕް ޑީގެ މެޗުތައްވެސް މާލޭގައި ކުޅުމަށް އޭއެފްސީން ނިންމާފައިވާތީ މި ގްރޫޕްގައި ހިމެނޭ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް މާލެ އަންނަން އޮތީ ޝެޑިއުލްކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުން ދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތައް ވަރުގަދަ ކުރިއިރު، ކުޅިވަރު މުބާރާތްތައް ހުއްޓާލަން ވަނީ އަންގައިފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.