އިންޑިއާގެ ގުޖުރާތުގައި، ކޯވިޑްގެ ބަލި މީހުންނަށް ޚާއްސަ ކޮށްފައިހުރި ހޮސްޕިޓަލެއްގައި ހޮނިހިރު ދުވަހުގެ ހެނދުނު ހިގި އަލިފާނުގެ ހާދިސާއެއްގައި 18 ކޯވިޑް ބަލިމީހުން މަރުވެއްޖެއެވެ.
ޕޮލިސް އޮފިސަރ ރާޖެންދުރަސިންގ ޗުޑަސަމާ ބައެއް މީޑިއަރތަކށް މައުލޫމާތު ދީފައިވާ ގޮތުގައި، ގުޖުރާތުގެ ބާރުތު އަވަށުގައި ހުންނަ މި ވެލްފެއަރ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ މިހާދިސާއިން 50 ބަލިމީހުން ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި މި އެންމެންވެސް މިހާރުވަނީ ކައިރި ހޮސްޕިޓަލްތަކަށް ބަދަލު ކުރެވިފައެވެ.
އިންޑިއާގެ ޕްރެސް ޓަރަސްޓް ނިއުސ އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހިސްޕިޓަލުގައި އެންމެ ފުރަތަމަ ރޯވެފައިވަނީ، ގްރައުންޑް ފްލޯގައި ހުންނަ ކޯވިޑް19 ވާޑުގައި ކަމަށެވެ. އެހެންނަމަވެސް، އަލިފާން ރޯވިތާ ގަޑިއެއް ހާއިރުގެ ތެރޭގައި އަލިފާން ނިއްވާލާފައި ވާކަމަށްވެސް ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.
ރަސްމީ ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި، މި ހޮސްޕިޓަލްގައި ރޯވި ސަބަބެއް މިހާރު ދަނީ ތަހުގީގު ކުރެވެމުންނެވެ.
އިންޑިއާގެ މުމްބާއިގެ ރަށްބޭރުގައި އޮންނަ އަވަށެއް ކަމުގައިވާ ވިރާރް އަވަށުގައި ހުންނަ ހޮސްޕިޓަލެއްގެ އައިސީޔޫގައި ރޯވެ، ފާއިތުވެދިޔަ އެޕްރިލް މަހުގެ 23 ވަނަ ދުވަހުވެސް ވަނީ އެ ޔުނިޓްގައި އެޑްމިޓް ކޮށްފައި އޮތް 23 ކޯވިޑް ބަލި މީހަކު މަރުވެފައެވެ.
ކޮމެންޓު ފޮނުވާ