އިންޑިއާއަށް ކުރާ ވައިގެ ދަތުރުތައް މެދުކަޑާލެވިފައިވާ މުއްދަތު މޭމަހުގެ ނިޔަލަށް އިތުރު ކޮށްފި

އިންޑިއާއަށް ކުރާ ވައިގެ ދަތުރުތައް މެދުކަޑާލެވިފައިވާ މުއްދަތު މޭމަހުގެ ނިޔަލަށް އިތުރު ކޮށްފި

Author
ހުސެއިން
30 އޭޕްރިލް 2021 08:32
0

މިހާރު އިންޑިއާއި ކުރިމަތިވެފައިވާ ކޯވިޑް19ގެ ދެވަނަ ވޭވްގެ ސަބަބުން، އެގައުމުގައި ކޯވިޑް19ގެ ހާލަތު އަދަޔާ ޚިލާފަށް ގޯސްވެގެން ގޮސްފައިވާތީ، އެގައުމަށް ކުރާ ވައިގެ ދަތުރުފަތުރުތައް މެދުކަޑާލާފައި އޮންނަ މުއްދަތު މޭމަހުގެ ނިޔަލަށް އިތުރު ކުރުމަށް، އިންޑިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ސިވިލްއޭވިއޭޝަން ހުކުރު ދުވަހު ނިންމަވައިފިއެވެ.

މިހާތަނަށް ވައިގެ ދަތުރުފަތުރުތައް މެދުކަޑާލެވިފައި އޮތީ މިހިގާ އެޕްރިލް މަހުގެ 30ގެ ނިޔަލަށެވެ.

"ވައިގެ ދަތުރުފަތުރުތައް މެދުކަޑާލެވިފައި ވީނަމަވެސް، ބައެއް ރޫޓްތަކުން ދަތުރު ކޮށްފަ އަންނަ ބައިނަލް އަގުވާމީ ޝެޑިއުލްޑް ފްލައިޓްތަކަށް، ވަކި ހާލަތުތަކަކަށް ބެލުމަށްފަހު ހުއްދަ ދޫކުރެވިދާނެ،" ޑިރެކްޓަރ ޖެނެރަލް އޮފް ސިވިލްއޭވިއޭޝަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އިންޑިއާއަށް ދަތުރުކުރާ ފްލައިޓްތައް މެދުކަޑާލުމަށް މިނިންމި ނިންމުމުގެ ތެރޭގައި ބައިނަލްއަގުވާމީ ކާގޯ ފްލައިޓްތަކާއި، އަދި އޭވިއޭޝަން ރެގިއުލޭޓަރގެ ފަރާތުން ޚާއްސަ ހުއްދައެއް ލިބިގެން ދަތުރުކުރާ ފްލައިޓްތައް ހިމަނާފައެއް ނުވެއެވެ.

ކޯވިޑް19 ކާރިސާގެ ސަބަބުން، އިންޑިއާއަށް ދަތުރުކުރާ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތައް ފާއިތުވެދިޔަ އަހަރުގެ މާރޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލެވިފައެވެ. އެހެންނަމަވެސް، ލިބޭ ޚާއްސަ ހުއްދަތަކުގެ ދަށުން، ޑިޕްލޮމެޓޮކް ގުޅުމުގެ ތެރެއިން، ބައެއް ގައުމުތަކާއެކު "އެއަރ ބަބްލް" ތައް ގާއިމް ކޮށްގެން، މި އިންތިޒާމުގެ ދަށުން އިންޑިއާއަށް ބޭރުގައުމުތަކުން ދަތުރު ކުރުމުގެ ހުއްދަ ސިވިލް އޭވިއޭޝަނުން ދިޔައީ ދެމުންނެވެ.

މި ހަފްތާގެ ކުރީކޮޅު، އޮސްޓްރޭލިއާއިން ވަނީ، އިންޑިއާއިން އެގައުމަށް ދަތުރުކުރާ ފްލައިޓް އޮރޭޝަތައް ވަގުތީގޮދުން މެދު މެދުކަޑާލުމަށް ނިންމާފައެވެ. އަދި އެއަށްފަހު، ކެނެޑާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްއިންވެސް ވަނީ، އިންޑިއާއިން އެގައުމުތަކަށް ވައިގެން މަގުން ދަތުރުކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ނިންމާފައެވެ.

މިއަދު އިންޑިއާގައި ކޯވިޑް19އަށް މުޅިން އާ ރެކޯޑް އަދަދަކަށް އެއްދުވަހަކުން މީހުންވަނީ ޕޮޒިޓިވް ވެފައެވެ. މިގޮތުން މިއަދު 386،000 މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާގައި މިބައްޔަށް މީހުން ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދު ވަނީ 1.87 މިލިއަންއަށް އަރާފައެވެ.

އިންޑިއާގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާތީ، ދުނިޔޭގެ ގިނގައުމުތަކުން އިންޑިއާއަށް ފޮނުވާ އެހީގެން ތަކެތި މިއަދުންފެށިގެން އިންޑއާއަށް ވަނީ ލިބެން ފަށާފައެވެ. މިގޮތުން، އެމެރިކާ އަދި އިގިރޭސިވިލާތް ހިމެނޭގޮތުން ދުނިޔޭގެ އެތައް ގަމަކުން މިހާރުވަނީ އިންޑިއާއަށް އެހީގެ ތަކެތި ފޮނުވަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.