ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އެދާއިރާއާއި ދުރަށް ދާން ބޭނުންވާކަމަށް އޭނާ ބުނެފިއެވެ.
ދައުލަތުގެ މީޑީޔާ ޓީވީއެމްގެ މިވަގުތު ޕްރޮގުރާމުގައި ވާޙަކަ ދައްކަވަމުން ކައިޒީން ބުނެފައިވަނީ އެނާ ބޭނުންވަނީ އޭނާ މިހާރު މޮޑެލް ކުރުމުން ރާއްޖޭގައި ދެވޭނެ އެންމެ އުހަށް ދެވިފައިވާކަމަށެވެ. ދެން ބޭނުންވަނީ މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދީ އެމީހުންނަށް ފުރުސަތު ތަނަވަސް ކުރުމަށް ކަމަށެވެ.
މިހާރު ދެން އެންމެ ކުރަން ބޭނުންވަނީ އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްކޮށް، ސިޔާސީ ދާއިރާއަށް ނިކުންނަންކަމަށް ކައިޒީން ވަނީ ބުނެފައެވެ. އޭނާ ބުނީ ސިޔާސީ ގޮތުން ރާއްޖޭގައި އެންމެ މަގުބޫލު ބޭފުޅަކީ ރައީސް ޞާލިހުކަމަށެވެ. އަދި ސިޔާސީ ބޭފުޅުންގެ ތެރެއިން މިވަގުތު ނަމޫނާއަކަށް ބަލަނީވެސް ރައީސް ޞާލިހުއާއި، މެޑަމް ފަޒުނާކަމަށެވެ.
ކައިޒީން ވެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ މޮޑެލް އަށެވެ. އަދި އޭނާއަކީ މޮޑެލްގެ ދާއިރާއިން އިންސްޕިރޭޝަންއެއްގެ ގޮތުގައި ބަލާ އެތައް ޒުވާނުންނެއް އުޅެއެވެ.
ކައިޒީންވެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި އެތައް ބްރޭންޑެއްގެ ބްރޭންޑް އެމްބެސެޑަރުކަން ކޮށްފައިވާ ޒުވާން މޮޑެލްއަކަށެވެ. އޭނާ ވަނީ އިންޓަނޭޝަނަލް ބައެއް ބްރޭންޑްތަކާއެކުވެސް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ނޯޓް ކޮސްމެޓިކްސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ