ދުނިޔޭގައި މިހާތަނަށް ދެވުނު 1 ބިލިއަން ވެކްސިންގެ %50 ދެވިފައިވަނީ އެންމެ 3 ގައުމެއްގައި

މުޅި ދުނިޔޭގައި ދެވުނު 1 ބިލިއަން ވެކްސިންގެ %50 ދެވުނީ އެންމެ 3 ގައުމެއްގައި

މުޅި ދުނިޔޭގައި ދެވުނު 1 ބިލިއަން ވެކްސިންގެ %50 ދެވުނީ އެންމެ 3 ގައުމެއްގައި

ފާއިތުވެދިޔަ ޑިސެމްބަރ މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވާއިރު، އޭގެ ފަހުން މުޅި ދުނިޔޭގައި މިހާރު 1 ބިލިއަން ޑޯޒްގެ ވެކްސިން ދީފައިވާ އިރު، މީގެތެރެއިން %50 ވެކްސިން ދީފައިވަނީ އެންމެ 3 ގައުމެއްގައިކަން، ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގައި މިހާތަނަށް 1,002,938,540 ވެކްސިން ދީފައިވާއިރު، މީގެ 5 މަސްކުރިން ކޯވިޑް19 ވެކްސިން ދޭން ފެށުނުފަހުން، މިހާތަނަށް ދުނިޔޭގައި މި ވެކްސިން ދީފައިވަނީ 207 ގައުމެއްގައެވެ.

ދުނިޔޭގައި ވެކްސިން ދިން އަދަދު 1 ބިލިއަނަށް އަރާފައިވާއިރު، މި ހަފްތާގެ ހޮނިހިރު ދުވަހު، މުޅި ދުނިޔެއިން އެއް ދުވަހެއްގައި ކޯވިޑް19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 893,000އަށް ވަނީ އަރާފައެވެ. މި އަދަދަށް މީހުން ޕޮޒިޓިވް ވެފައި މިވަނީ، އިންޑިއާގައި އާދަޔާ ޚިލާފަށް ކޯވިޑް19 ފެތުރެމުން ދިއުމާ ގުޅިގެންނެވެ.

މުޅި ދުނިޔޭގައި ދެވުނު ކޯވިޑް19 ވެކްސިންގެ އަދަދު 1 ބިލިޔަނަށް އަރާފައިވާކަން ތަފާސް ހިސާބުތަކުން ދައްކާފައިވާއިރު، ވެކްސިންގެ %50 ދެވިފައިވަނީ ދުނިޔޭގެ އެންމެ 3 ގައުމެއްގައެވެ. މިގޮތުން ފާއިތުވެދިޔަ 5 މަހެއްހާ ދުވަހުގެ ތެރޭގައި 500 މިލިއަން ޑޯޒްގެ ވެކްސިން ދީފައިވާ 3 ގައުމަކީ، އެމެރިކާގައި ދީފައިވާ 225.6 މިލިއަން ޑޯޒްގެ ވެކްސިނާއި، ޗައިނާގައި ދީފައިވާ 216.1 މިލިއަން ޑޯޒްގެ ވެކްސިންގެ އިތުރުން 138.4 މިލއަން ޑޯޒްގެ ވެކްސިން ދީފައިވާ އިންޑިއާއެވެ.

އެހެންނަމަވެސް، މުޅި އާބާދީގެ ނިސްބަތުން އެންމަ މަތީ އަދަދަކަށް ވެކްސިން ދީފައިވާ ގައުމަކީ އިސްރާއީލެވެ. އެގައުމުގައި ކޮންމެ 10 މީހަކުން 6 މީހަކަށް މިހާރުވަނީ ކޯވިޑް19 ވެކްސިންގެ 2 ޑޯޒު ދީފައެވެ.

އިސްރާއީލަށްފަހު ދެން އެންމެ މަތީއަދަަދަކަށް އާބާދީގެ ނިސްބަތުން ވެކްސިން ދީފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް އިންންވެ. އެގައުމުގެ އާބާޑީގެ %51 މީހުންނަށް ކޯވިޑް19 2 ޑޯޒްގެ ވެކްސިން ދީފައިވާއިރު، އިގިރޭސިވިލާތުން އާބާދީގެ %49، އެމެރިކާގެ އާބާދީގެ %42، ޗިލީގެ އާބާދީގެ %41، ބަހުރެއިންގެ އާބާދީގެ %38، އަދި އުރުގުއާއީގެ އާބާދީގެ %32އަށް ވަނީ ވެކްސިން ދީ ނިންމާފައެވެ.

މުޅި ޔޫރަޕަށް ބަލާއިރު، އެ ބައްރުގެ އާބާދީގެ %21އަށް ވެކްސިން ދިނުމަށްޓަކާ 128 މިލިއަން ޑޯޒްގެ ވެކްސިން މިހާތަނަށް އައިއިރު ވަނީ ބޭނުން ކޮށްފައެވެ. 27 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ މިބައްރުގައި، އާބާދީ އެންމެ މަތީ އިންސައްތައަކަށް ވެކްސިން ދީފައިވާ ގައުމަކީ މޯލްޓާއެވެ. އެގައުމުން ވަނީ މުޅި އާބާދީގެ %47 އަށް ވެކްސިންގެ ދެ ޑޯޒް ދީ ނިންމާފައެވެ. އާބާދީގެ ނިސްބަތުން ދެން އެންމެ މަތީ އިންސައްތައަކަށް ވެކްސިން ދީފައިވަނީ ހަންގޭރީގައެވެ. އެގައުމުގައުމެ އާބާދީގެ %37 އަށް ވަނީ ވެކްސިންދީ ނިންމާފައެވެ.

ޔޫރަޕް ބޮޑެތި ބައެއް ގައުމުތަކަށް ބަލާއިރު، އާބާދީތަކަށް ވެކްސިން ދެވިފައިވާ މިންވަރު ދަށްކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. މިގޮތުން، ޖާމަނީގައި އާބާދީގެ %22.6 އަށް ވެކްސިން ދެވިފައިވާއިރު، ސްޕެއިންގައި ވެކްސިން ދެވިފައިވަނީ އާބާދީގެ %22.3 އަށެވެ. އަދި ފްރާންސްގައި ވެކްސިން ދީ ނިންމާލެވިފައިވަނީ އާބާދީގެ އެންމެ %19.9 އަށެވެ،

މުޅި ދުނިޔޭގައިވެސް ވެކްސިން ދެމުންދާ ސްޕީޑް ހުރިހާ ގައުމެއްގައިވެސް އިތުރުވަމުން ގޮސްފައިވާތީ، ފާއިތުވެދި 1 މަސްދުވަހު އެކަނިވެސް، ދުނިޔޭގައި ވެކްސިްނ ދެވެމުން އައި ނިސްބަތް 2 ގުނައަށް ވަނީ އިތުރު ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *