އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބް ކައުންސިލް އިންތިޚާބަށްފަހު ބޭވުމަށް ފާސްކޮށްފި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބް ކައުންސިލް އިންތިޚާބަށްފަހު ބޭވުމަށް ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2020 09:50
0

ވެރިކަން ކުރާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބް ކައުންސިލް އިންތިޚާބަށްފަހު ބޭއްވުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ.

މިރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ 171 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ ދާއިރާތަކުގެ އިންތިޚާބް ފަސްކުރުމާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި ބަހުސްކޮށްފައެވެ. މީގެ ކުރިން ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައިވެސް ވަނީ މިކަމަށް ބަހުސްކޮށްފައެވެ. މިރޭގެ ޤައުމީ މަޖިލީހުން ނިންމާފައިވަނީ އެމްޑީޕީގެ ދާއިރާތަކުގެ އެތެރޭގެ އިންތިޚާބް ކައުންސިލް އިންތިޚާބް ނިމޭތާ އެއްމަސް ފަހުން ބޭއްވުމަށެވެ.

މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މިމަހުގެ24 ވަނަ ދުވަހަށް މިހާރު އިންތިޚާބް ވެފައިވާ ދާއިރާތަކުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުއްދަތު ހަމަވާތީއެވެ. ނަމަވެސް މިނިންމުމާއިއެކު އިލްކެޝަން ކޮމިޝަނުން ކައުންސިލް އިންތިޚާބް ބާއްވައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބް ބޭއްވުމާއި ހަމައަށް މިހާރު ދާއިރާތައް ތަމްސީލް ކުރައްވާ ބޭފުޅުން ތިއްބަވާނެއެވެ.

މިރޭގެ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި މުޚާތަބްކުރައްވައި ވާހަކަ ދައްކަވާފައެވެ. ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ ދާއިރާތަކުގެ މެމްބަރުން ބައިވެރިވެފައިވާއިރު، ޖަލްސާގައި ބައިވެރިވެފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންގެ ތެރެއިން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެކަންޏެވެ.

ކައުންސިލް އިންތިޚާބް ބާއްވާނެ ވަކި ތާރީޚެއް އަދި އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިނުވެއެވެ. ނަމަވެސް ޤާނޫނަށް ގެނައި ބަދަލާއިއެކު އިންތިޚާބް އަންނަ އަހަރުގެ ކުރީކޮޅު ބާއްވަންޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.