ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

Author
ޢަލީ އާދަމް
23 އޭޕްރިލް 2021 04:18
0

ކ. ކުޑަ ވިލިނގިލި ރިސޯޓް ކައިރީ އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 03:23 ހާއިރު މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި4 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަށް އަނިޔާވެފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އެމީހާއަށް ލިބިފައި ވަނީ ކޮންކަހަލަ، ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ޔަގީން ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ފަޔަރ އެންޑް ރެސްކިއު ޓީމުން ގެންދަނީ ދޯނީގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް މަސައްކަތްކުރަމުންނެވެ.

އެމްއެންޑީއެފުން ފުރަތަމަ މައުލޫމާތު ދީފައިވަނީ ރޯވެފައި ވަނީ ލޯންޗެއްގައި ކަމަށެވެ. ނަމަވެސް އެމްއެންޑީއެފުން ފަހުން ބުނީ މިރޭ އަލިފާންރޯވެފައި ވަނީ ދޯންޏެއްގައި ކަމަށާއި ލޯންޗެއްކަމަށް މައުލޫމާތު ދެވުނީ އެވަގުތަށް ލިބުނު މައުލޫމާތަށް ރިއާޔަތްކޮށްފައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.