ޗާޑްގެ އާ ރަސީކަށް އަވަހާރަވި ރައީސްގެ ދަރިފުޅު

ޗާޑްގެ އާ ރަސީކަށް އަވަހާރަވި ރައީސްގެ ދަރިފުޅު

Author
ހުސެއިން
22 އޭޕްރިލް 2021 06:31
0

ހަގުރާމައިގެ ފުރޮންޓް ލައިނުގައި ހަގުރާމަ ކުރަމުންދިޔަ ސިފައިންނާއި ބައްދަލު ކުރައްވަމުން ގެންދަވަނިކޮށް ލިބުނު ޒަޚަމްތަކަކަށް ފަރުވާދެމުން ދަނިކޮށް އަވަހާރަވި ޗާޑުގެ ރައީސްގެ ދަރިކަލުން އެގައުމުގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރުމަށް ހަމަޖައްސައިފިއެވެ.

ޗާޑުގެ ރައީސް އިދުރީސް ޑެބީ އަވަހާރަ ވުމާއެކު، ވެރިކަމުގެ ހުރިހާ ބާރުތަކެއް ހަވާލު ކޮށްފައިވާ މިލިޓްރީ ކައުންސިލްގެ ރިޔާސަތުވެސް ބަލަހައްޓަވަމުން ގެންދަވާ، އުމުރުން 37 އަހަރުގެ މުހައްމަދު އިދުރީސް ޑެބީ ވެރިކަމުގެ ބާރުތަކާއި ހަވާލުވާއިރު، އެގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިއާގެ މަގާމްވެސް ފުރުއްވަމުން ގެންދަވާނީ އޭނާ ކަމުގައި، ވަގުތީގޮތުން ވެރިކަމުގެ ބާރުތަކާ ހަވާލުވެފައިވާ މިލިޓްރީ ކައުންސިލުން ނެރުނު ޗާޓަރުގައި ބުނެފައި ވެއެވެ.

މިލިޓަރީ ކައުންސިލުން ނެރެފައިވާ ޗާޓަރު އާންމު ކުރުމާއެކު، އެގައުމުގައި އަމަލް ކުރަމުން އައި ގާނޫނު އަސާސީ އުވުނީ ކަމުގައިވެސް އޭގައި ބުނެފައި ވެއެވެ. އަދި އޭގެ މާއްދާތަކުގައި ބުނެފައިވާ ގޮތުން، އެ ޗާޓަރަކީ އެގައުމުގެ "ބޭސިކް ލޯ އޮފް ރިޕަބްލިކް"ގެ ގޮތުގައި އަމަލް ކުރެވެމުންދާނެ ލިޔުމެވެ.

އަދި ޗާޓަރުގައި ވާގޮތުން، އަވަހާރަވެފައިވާ އިދުރީސް ޑެބީގެ ދަރިކަލުންނަކީ، "އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ" ވެސްމެއެވެ.

އިދުރީސް ޑެބީގެ ރައީސްކަމުގައި، ދަރިފުޅު ޖެނެރަލް މުހައްމަދު އިދުރީސް ޑެބީ ގެންދެވީ، އެލީޓް ޕްރެޒިޑެންޝަލް ގާރޑްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާގެ ބައްޕާފުޅުގެ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓަވަމުންނެވެ. އަދި އާންމުކޮށް އިދުރީސް ޑެބީގެ އަރިހުގައި އޭނާ ވަނީ ފެނިފައެވެ.

މުހައްމަދު ޑެބީ މަޝްހޫރު ވެފައިވަނީ، ޗާޑުގެ އުތުރުން އިންވެގެން އޮންނަ އަވައްޓެރި މާލީގެ ސުލްހަ ބަލަހައްޓާ ޔޫއެންގެ ސިފައިންނަަށް އެހީތެރިވެދޭ ޗާޑުގެ ލަޝްކަރުގެ ކޮމާންޑަރުގެ ގޮތުގައެވެ.

ބައްޕާފުޅު އަވަހާރަ ވުމާއެކު، މި ހަފްތާގެ އަންގާރަދުވަހު އޭނާ ވަނީ، ޚާއްސަ ރިޔާސީ އަމުރުފުޅެއްގައި ސޮއިކުރައްވާ، 15 ޖެނެރަލުންގެ މައްޗަށް އެކުލެވޭ ރިޔާސީ ކައުންސިލެއް އުފައްދަވާފައެވެ. އޭނާ ހިމެނޭގޮތަށް އިތުރު 14 ޖެނެރަލުންގެ މައްޗަށް އެކުލެވޭ މި ކައިންސިލްގައި ހިނަމާފަވަނީ، ޗާޑުގެ ރައީސްގެ އެންމެ ގާތް އިތުބާރުފިފޭ ޖެނެރަލުންނެވެ.

މި ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމުގައި ހަމަޖައްސާފައިވަނީ، ކުރިޔަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެގައުމުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމެވެ.

ހަގުރާމައިގެ މައިދާނުގައި، ހަމަލާ ބަދަލުކުރެވެމުން ދިޔަ ފްރޮންޓް ލައިނަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނިކޮށް، އިދުރީސް ޑެބީގެ ގައިކޮޅަށް ހަމަލާތައް އަރާ، އަވަހާރަވާން ދިމާވި ހަގީގީ ސަބަބު އަދިވަނީ ސާފުވާގޮތް ނުވެފައެވެ. އެހެންނަމެވެސް ޗާޑުގެ އަސްކަރިއްޔާއިން މައޫލޫމާތު ދީފައިވާ ގޮތުގައި، އެގައުމުގެ ރައީސް އިދުރީސް ޑެބީ ގެންދެވީ ހަފްތާ ބަންދުގައި، ވަކިވެގަތުމަށް އެގައުމުގައި ހަގުރާމަ ކުރަމުންދާ ހަގުރާމްވެރިންނާ ދެކޮޅަށް ހަގުރާމަ ކުރަމުންދާ ސިފައިންނަށް އިރުޝާދު ދިނުމަށް ފްރޮންޓް ލައިނަށް ޒިޔާރަތް ކުރައްވަމުންނެވެ.

ޗާޑުގެ އަސްކަރިއްޔާއިން ވަނީ، ވޯޓުލުން ބޭއްވުނު ދުވަހު، ޗާޑުގެ އުތުރުގެ ސަރަހައްދުތަކަށް ސިފައިން ފޮނުވާ، ހަގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.

އަސްކަރިއްޔާގެ ތަރުޖަމާން އަގޯނާ ވިދާޅުވި ގޮތުގައި، ރައީސް އިދުރީސް ޑެބީ އަވަހާރަ ވުމާއި ގުޅިގެން، ރައީސްގެ ޒިންމާތައް މިވަގުތަށް އަދާ ކުރަމުންދާނީ، ހަތަރު ތަރީގެ ޖެނެރަލެއް ކަމުގައިވާ، ޑެބީގެ 37 އަހަރުގެ ދަރިފުޅު، ރިޔާސަތު ބަލަހައްޓަމުން ގެންދާ މިލިޓަރީ ކައުންސިލުން ކަމުގައެވެ.

ޗާޑުގެ ރައީސް އަވަހާރަ ވުމާއި ގުޅިގެން ޗާޑުންވަނީ އެގައުމުގައި ކާފިއު އިއުލާންކޮށް، ގައުމުގެ ބޯރޑަރުވެސް ވަގުތީގޮތުން ބަންދު ކޮށްފައެވެ.

ރައީސް އަވަހާރަ ވުމާއި ގުޅިގެން، ރައީސްގެ ބާރުތައް މިލިޓަރީ ކައުންސިލުން ނަގާފައިވި ނަމަވެސް، ޗާޑުގެ ގާނޫނު އަސާސީ ބުނާގޮތުން، ރައީސް އަވަހާރަ ވެއްޖެ ނަމަ، ކުރިޔަށް އޮންނަ 40 ދުވަހު ގައުމުގެ ހިންގުމާ ހަވާލުވާން ޖެހޭނީ ގާނޫނު ހަދާ މަޖިލިހުގެ ރައީސްއެވެ. އަދި އިންތިޚާބެއް ބޭއްވެންދެން އެގައުމުގައި އޮންނަން ވާނީ އިންތިގާލީ ސަރުކާރެކެވެ.

އެހެންނަމަވެސް، ރައީސް ޑެބީ އަވަހާރަ ވުމާއެކު، ޗާޑުގެ އަސްކަރިއްޔާއިންވަނީ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލާ، އަދި ގާނޫނު އަސާސީވެސް އުވާލާފައެވެ.

1990 ވަނަ އަހަރު ގެނެވުނު ބަޢާވާތަކުން ޗާޑުގެ ވެރިކަމަށް ވަޑައިގެންނެވި ޑެބީ އަވަހާރަ ވެއްޖެކަމުގެ ޚަބަރު އާންމު ވެގެން ދިޔައީ، ޗާޑުގެ ރިޔާސީ އިންތިޚާބު ކާމިޔާ ކުރެވިކަން އިއުލާން ކުރެވުނުތާ އެއްދުވަސް ފަހުންނެވެ. ހޯމަ ދުވަހު އާންމު ކުރެވުނު ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، ޑެބީވަނީ އިންތިޚާބުގެ %79.3 ކާމިޔާބު ކުރައްވާފައެވެ.

ޑެބީގެ ކެމްޕޭން މެނޭޖަރު ވިދާޅުވި ގޮތުގައި، އިންތިޚާބުގެ ކާމިޔާބީ ފާހަގަކޮށް، ތާއީދު ކުރާ ފަރާތްތަކާ މުޚާތަބުކުރެއްވުން ފަސް ކުރެއްވުމަށްފަހު، ޑެބީ ހަފްތާ ބަންދުގައު ވަޑައިގަންނަވަން ބޭނުންފުޅުވީ، ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާވެރިންނާ ހަމަލާ ބަދަލުކުރަމުން ދާ ސިފައިންނާ ބައްދަލު ކުރެއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.