ފަހު އަށްމިނުޓުގައި ޖެހި ތިންލަނޑާއެކު ވެސްޓްހެމް އިން ޓޮޓްނަމް ސިއްސުވާލައިފި

ފަހު އަށްމިނުޓުގައި ޖެހި ތިންލަނޑާއެކު ވެސްޓްހެމް އިން ޓޮޓްނަމް ސިއްސުވާލައިފި

ގުޅުންހުރި

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓްހޭމުން ފަހު އަށްމިނުޓުގައި ޖެހި ތިންލަނޑާއެކު ޓޮޓްނަމް ސިއްސުވާލައިފި ޓޮޓެންހަމް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި 3 ލަނޑު ކާމިޔާބުކޮށްފައިވަނި މެޗު ފަށައިގެން 16 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗު ފަށައިގެން މިނެޓެއްވެސް ނުވަނީސް ޓޮޓެންހަމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ހެރީ ކޭންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސޮން ހުއެން މިންއެވެ.

ސޮން މި ލަނޑު ކާމިޔާބުކުރިތާ 7 މިނެޓު ފަހުން ހެރީން ކޭން ވަނީ ލަނޑެއް ޖަހާ ޓޮޓެންހަމަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ކޭން ޖެހީ ސޮން ދިން ޕާހަކުންނެވެ. ޓޮޓެންހަމުން ޖެހި ތިންވަނަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ހެރީ ކޭންއެވެ. ޓޮޓްނަމްގެ ގެރެތް ބޭލް ވަނީ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުމެފައެވެ.

މި މެޗުގައި ވެސްޓްހޭމުން ޖެހި 3 ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު 8 މިނެޓުގެ ތެރޭގައެވެ. އެގޮތުން ވެސްޓްހޭމްގެ ފުރަތަމަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފަބިއަން ބަލްބުއެނާއެވެ. މި ލަނޑު ކާމިޔާބުކުރިތާ ތިން މިނެޓު ފަހުން ޓޮޓެންހަމްގެ ޑަވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ 2-3 އަކަށް ބަދަލުވިއެވެ.

ވެސްޓްހޭމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި މަނުއެލް ލަންޒީނީ ޖެހި ލަނޑުންނެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ހޯދި 8 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ 5 ވަނައިގައެވެ. ވެސްޓްހޭމަށް 5 މެޗުން ލިބުނު 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލްގެ 8 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *