އިގިރޭސިލީގުގައި ރޭ ސައުތުހެމްޓަންނާ ވާދަކޮށް 3-3 ލަނޑުން އެއްވަރުވީ މެޗަކީ އަމިއްލަ ގެއްލުވާލި ތިންޕޮއިންޓް ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަންޕާޑް ބުނެފިއެވެ.
ރޭ ސައުތުހެމްޓަންނާ ވާދަކޮށް 3-3 ލަނޑުން އެއްވަރުވީ ދެވަނަހާފްގައި ނުކުޅެވިގެން ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަންޕާޑް ބުނެފައިވެއެ. މެޗަށްފަހު ވާހަކަދައްކަމުން ލަންޕާޑު ބުނީ މެޗުގައި ޗެލްސީއަށް ކުޅެވުނީ ފުރަތަމަ 40 މިނުޓުގައި ކަމަށާއި އެވަގުތުގައި ޓީމުން ވަރަށް މޮޅަށް ކުޅުނުކަމަށެވެ. ރޭގެ މެޗުގެ ފުރަތަމަ 40 މިނިޓުގެ ތެރޭގައި ޗެލްސީން ވަނީ ސައުތުހެމްޓަންކޮޅަށް ދެ ލަނޑުޖަހާފައެވެ.
ލަންޕާޑު ބުނީ އިދިކޮޅު ޓީމުން ނަތީޖާ ހަމަހަމަކުރުމާއެކު ޗެލްސީ މާބޮޑަށް ޕްރެޝަރަށް ދިޔައީ ކަމަށާއި ދެވަނަހާފްގައި ޗެލްސީއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަހާފަކީ މި ސީޒަނުގައި މިހާތަނަށް އެންމެ ރަނގަޅު ކުޅެމެއް ފެނިގެންދިޔަ ވަގުތު ކަމަށެވެ. ހާފްޓައިމް ވަރަށް ރަނގަޅަށް ގޭމްޕްލޭނާ އެއްގޮތައް ކުޅުމަށް އިރުޝާދު ދިން ކަމަށާއި އެކަމަކު އެވަރަށް ޗެލްސީގެ ކުޅުންތެރިންނަށް ދެވަނަ ހާފްގައި ކުޅުމެއް ނުދެއްކުނުކަމަށެވެ. ޕޮއިންޓަކުން ފުއްދާލަން ޖެހުނީ އެއްފެންވަރެއްގައި ނުހިފެއްޓުމުން ކަމަށް ޗެލްސީގެ ކޯޗުކަމުގައި ދެވަނަ ސީޒަން ގުނަމުންދާ ލަންޕާޑް ބުނެފައިވެއެވެ. ރަނގަޅު ނަތީޖާއެއް ބޭނުންކަމުގައި ވަނީ މިޔަށްވުރެ ރަނގަޅަށް މެޗުތަކުގައި ކުޅެންޖެހޭކަމަށް ލަންޕާޑު ބުންޏެވެ.
އަހަރެމެންނަށް ކުޅެވުނީ މެޗުގެ ފުރަތަމަ ހާފްގައި، ޓީމުގެ ފަހަތުން ކުޅުން ރަނގަޅުކުރަން ޖެހޭ.
– ފްރޭންކް ލަންޕާޑު
މެޗުގައި އަމިއްލައަށް ހެދޭ ގޯސްތައް ރަނގަޅުކޮއްގެން ނޫނީ ކުރިޔައޮތްތަނުގައި ރަނގަޅުނުވާނެކަމަށް ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ބުނެފައިވެއެވެ. ލީގުގައި އެންމެފަހުން ޗެލްސީގެ ދަނޑުގައި ކުޅުނު ނުވަ މެޗުގެ ތެރިން ބަލިވެފަވަނީ އެންމެ މެޗަކުންނެވެ.