ކޯވިިޑް-19ގެ ސަބަބުން އެޗްޕީއޭ އިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށަށްވެސް ވޯޓްލާންދާން ހާއްސަ ހުއްދައެއް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން އެއްރަށުން އަނެއް ރަށަށް ވޯޓްލާން ދިއުމުގެ ހުއްދަ ދޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެފައި ވާކަމަށެވެ. އެހެންކަމުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށްވެސް އެރަށެއްގައި އޮންނަ ކޯވިޑް ޓާސްކްފޯހާގުޅިގެން ވޯޓްލާން އެރޭނެ ހާއްސަ ހުއްދައެއް ލިބޭނެ ކަމަށެވެ.
އެހެންނަމަވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވޯޓްލާން ރަށްރަށަށް ނުދެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރި-ރެޖިސްޓްރޭޝަން ފެށިއިރުވެސް ރިސޯޓްތަކުން ރަށްރަށަށް ވޯޓްލާން ނުދެވޭނެކަން އެނގޭނެ ކަމަށާއި 137 ރިސޯޓުގައި ފޮށި ބަހައްޓަނީވެސް އެހެންވެ ކަމަށެވެ.
މީގެ އިތުރުން މާލޭގައި ހުރެފަައި އަތޮޅުތެރޭގެ ރަށަކަށް ވޯޓްލާން ދާންޖެހޭ މީހެއްނަމަ އެ ފުރުސަތުވެސް އޮންނާނެ ކަމަށާއި އެހެންނަމަވެސް ކަރަންޓީން ވާންޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބާއްވާދުވަސް ގާތްވަމުން އަންނައިރު ވޯޓުލާތަން ބަދަލުކުރުމަށް ހުޅުވާލި ފުރުސަތަށްފަހު ވޯޓުލުމުގެ ޝަރުތުހަމަވާ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު، އިލެކްޝަނުން މިހާރުވަނީ ވޯޓުލުމުގެ ޝަރުތުހަމަވާ މީހުންގެ ދާއިމީލިސްޓްވެސް އާންމުކޮށްފައެވެ.
މި އިންތިޚާބުގައި ވޯޓުދިނުމުގެ ދިނުމުގެ ޙައްޤު ލިިބިފައިވަނީ 273،128 މީހުންނަށެވެ. އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ކޮމެންޓު ފޮނުވާ