ފެނަކައިގެ މުދާ ހިފައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިފި

ފެނަކައިގެ މުދާ ހިފައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައިފި

Author
ޢަލީ އާދަމް
01 އޭޕްރިލް 2021 03:06
0

ފެނަކަ ކުންފުނީގެ މުދާ ބަރުކޮށްގެން ތ. އަތޮޅު ގުރައިދޫއަށް ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި އިރު މި އުޅަނދުގައި ތިން މީހަކު ތިބިކަމަށެވެ. އަދި އެ ތިން މީހުންވެސް އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައި އެ އަތޮޅު ދިޔަމިނގިލީ ސިއްހީމަރުކަޒަށް މިހާރު ގެންގޮސްފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ލޭންޑިންގ ކްރާފްޓް، ނުވަތަ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށާއި އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 13:13 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުންޖަހާފައިވާ ކޮޅުވެއްޓި ތ. ގުރައިދޫއަށް ވެއްދުމަށް އެހެން އުޅަނދެއް ކަފުޖަހައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުޅަނދު ބަންޑުންޖަހާލި އިރު އޭގައި ހުރީ ވެއްޔާއި ހިލަ ފަދަ ފެނަކަ ކުންފުނީގެ ބައެއް ކޮންސްޓްރަކްޝަން މެޓީރިއަލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.