ކޮސޯވޯ ބަލިކޮށް ސްޕެއިން ގުރޫޕް އެއްވަނައިގައި އެއްޕޮއިންޓް ލީޑެއް

ކޮސޯވޯ ބަލިކޮށް ސްޕެއިން ގުރޫޕް އެއްވަނައިގައި އެއްޕޮއިންޓް ލީޑެއް

Author
މުޙައްމަދު ޝަޒައިމް
01 އޭޕްރިލް 2021 12:31
0

ވޯލްޑްކަޕް ކޮލިފައިންގަ ސްޕެއިން އިން ކޮސޯވޯ ބަލިކޮށް ގުރޫޕުގެ އެއްވަނައިގަ އެއްޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ސްޕެއިން މެޗު ކާމިޔާބުކުރީ 3-1 ލަނޑުން. މެޗުގައި ސްޕެއިންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑަނީ އޮލްމޯ އާއި ފެރަން ޓޮރޭސްގެ އިތުރުން ޖެރާޑް މޮރޭނޯއެވެ. ރޭގެ ޓޮރޭސް ޖެހި ލަނޑާއެކު އޭނާ މިސީޒަނުގައި ކުލަބާ ގައުމަށް ޖެހި ލަނޑުގެ އަދަދު ވަނީ 13އަށް އަރާފައެވެ. މި ނަތީޖާއެކު ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދާ އޮތީ އެޓީމު ހިމެނޭ ގުރޫޕްގެ އެއްވަނައިގައެވެ.

މި ގުރޫޕްގައި ރޭ ގްރީސް އާއި ޖޯޖިއާ ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މި ގުރޫޕްގެ ދެވަނައިގަ ދެމެޗުން 6 ޕޮއިންޓާއެކު އޮތީ ސްވިޑަން އެވެ. ގްރީސްއަށް ދެމެޗުން ލިބުނީ 2 ޕޮއިންޓެވެ. ޖޯޖިއާ ތިން މެޗުން ހޯދި އެއްޕޮއިންޓާ އެކު އޮތީ ހަތަރުވަނާގައި އެވެ. މިހާތަނަށް ކުޅުނު ދެމެޗުން ޕޮއިންޓެއް ލިބިފަނުވާ ކޮސޯވޯ އޮތީ ގުރޫޕްގެ ފުލުގައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.