ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޯޗުގައި ކުޅުނު މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރަށުންބޭރުގައި ލަގްޒެމްބާގް އަތުން ޕޯޗުގަލް މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. ލަގްޒެމްބާގުން މެޗުގެ 30 ވަނަ މިނިޓްގައި ލީޑުނެގީ ޖާސަން ރޮޑްރިގޭޒް ބޮލުން ޖެހި ގޯލުންނެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ޕޯޗުގަލް އަށް އެއްވަރުކޮށްދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ޑިއޯގޯ ޖޮޓާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ލީޑުނަގައިދީފަ އެވެ.
މެޗުގެ 80 ވަނަ މިނިޓްގައި ޕޯޗުގަލްގެ ޔޮއާއޯ ޕަލީނިއާ ޖެހި ގޯލުން އެ ޓީމުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ އަށް ޖެހިލި އެވެ. އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ދެ ވަނައިގައި އޮތް ސާބިއާ އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަށް ކުރި ލިބެނީ ފައިދާ އެއް ގޯލު އިތުރުވުމުންނެވެ.
ޕޯޗުގަލް މޮޅުވިއިރު، ގްރޫޕް އޭގެ އެއްވަނައިގައި އެ ޤައުމު އޮތީ ކުޅުނު ތިން މެޗުން ލިބު ހަތް ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ