އަކްޝޭ އާކިއޮލޮޖިސްޓެއްގެ ގޮތުގައި ފެނިގެން ދާނީ މިހެން!

އަކްޝޭ އާކިއޮލޮޖިސްޓެއްގެ ގޮތުގައި ފެނިގެން ދާނީ މިހެން!

Author
ފާތިމަތު ނާވީ
31 މާރޗް 2021 07:45
0

އާނަންދް އެލް ރާއީގެ "އަތުރަންގީ ރޭ"ގެ ޝޫޓިންގެ ނިންމާލުމަށްފަހު އަކްޝޭކުމާރް މިހާރު ވަނީ އާ ޕްރޮޖެކްޓެއް ފަށާފަ އެެވެ. އެގޮތުން އަކްޝޭ މިއަދު ވަނީ އޭނާގެ އާ ފިލްމުން އޭނާ ފެނިގެންދާނެ ގޮތް އާންމުކޮށްފަ އެެވެ.

އަކްޝޭ ދެން މަސައްކަތް ފަށާ ފިލްމުން އޭނާ ފެނިގެންދާނީ އާކިއޮލޮޖިސްޓެއްގެ ގޮތުގައެވެ. މި ފިލްމުގެ ނަމަކީ "ރާމް ސޭތޫ"އެވެ. މީސްމީޑިއާގައި އޭނާގެ އާ "ލުކް" ހިއްސާކުރަމުން އަކްޝޭ ބުނެފައިވަނީ މި ފިލްމަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. އަދި އޭނާގެ މި ސްޓައިލާ ދޭތެރޭގައި ބެލުންތެރިން ދެކެނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލު ކޮށްފަ އެެވެ.

އެމޭޒަން ޕްރްއިމް ވީޑިއޯގެ މި ފިލްމުގެ ކޯ ޕްރޮޑިއުސަރުންނަކީ ކޭޕް އޮފް ގުޑް ފިލްމްސް، އެބަންޑޭންޓިއާ އެންޓަޓެއިންމަންޓް އަދި ލައިސާ ޕްރޮޑަކްޝަން އެވެ. ރާމް ސޭތޫ ޑައިރެކްޓްކުރަނީ އަބީޝޭކް ޝަރްމާއެވެ. މި ފިލްމަކީ އެކްޝަން އަދި އެޑްވެންޗަރ ފިލްމެކެވެ. އަދި މި ފިލްމުގައި އިންޑިއާގެ ސަގާފަތާއި ތާރީޚުގެ ތެރެއިން ބައެއް ދައްކުވައިދޭނެ އެވެ.

އަކްޝޭގެ އިތުރުން ޖެކޮލިން ފެރްނާންޑޭޒް އާއި ނުޝްރަތު ބަރުއްޗާވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.