މިއީ ކަލް ހޯ ނަހޯގެ ޑީޖޭ ފްރޭންކީ، މީނާ މިހާރު ހުންނަގޮތް އެނގޭތަ؟

މިއީ ކަލް ހޯ ނަހޯގެ ޑީޖޭ ފްރޭންކީ، މީނާ މިހާރު ހުންނަގޮތް އެނގޭތަ؟

"ކަލް ހޯ ނަހޯ" އިން ފެނިގެން ދިޔަ ޝަހްސިއްޔަތެއް ކަމަށްވާ ފްރޭންކީ ރާމްދަޔާލް ހަނދާން އެބަހުރި ހެއްޔެވެ؟ މި ރޯލު އަދާކޮށްފައިވަނީ ފިލްމީ ތަރި ދީޕެޝް ބަޓް އެވެ.

"ކަލް ހޯ ނަހޯ" އިން ދީޕެޝް ފެނިފައިވާ ގޮތުން، މިހާރު ދީޕެޝް ފެނިއްޖެނަމަ އެއީ ކާކުކަންވެސް ނޭގެނެހާ ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެެވެ.

އޭނާ މިހާރު މަސައްކަތް ކުރަނީ ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގައެެވެ. އޭނާގެ ކްލައިންޓުންނަށް ބަލާލާއިރު އާމިރު ޚާން، ރަންބީރު ކަޕޫރް އަދި ޖެކޮލިން ފެރްނާންޑޭޒް ފަދަ ނަން މަޝްހޫރު ތަރިން ހިމެނެއެވެ.

"ކަލް ހޯ ނަހޯ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަޝްހޫރުވެގެން ދިޔަ ފިލްމެކެވެ. މި ފިލްމު ހާއްސަވެގެންދަނީ މި ފިލްމުގައި ފެނިގެން ދިޔަ މައިގަނޑު ތަރިންގެ އިތުރުން، ބާރުދޭ ކެރެކްޓަރތައްވެސް ބެލުންތެރިންނަށް ކަމުދިޔުމުގެ ސަބަބުންނެވެ. އެގޮތުން ޖަސްވިންދަރް "ޖޭޒް" ކަޕޫރު، ރާމް ދަޔާލް، އަދި ސްވީޓޫ ފާހަގަ ކޮށްލެވެ އެވެ.

ހަމަ އެކަނި މި ފިލްމު ކުޅުމަށްފަހު ދީޕެޝް ވަނީ ފިލްމީ ދާއިރާއާއި ދުރަށް ގޮސްފަ އެވެ. ފިލްމު ކުޅުން ހުއްޓާލުމަށްފަހު އޭނާ ވަނީ ފިޓްނެސް ދާއިރާއާއި ގުޅިފައެެވެ.

އެގޮތުން އޭނާގެ ހަށިގަނޑަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއެއް ގެނެސްފަ އެވެ. އޭނާ ވަނީ ފިޓްނެސްގެ ދާއިރާގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. ފިލްމީ ތަރިން ޓްރެއިން ކުރުމުގެ އިތުރުން އިންޑިއާގައި އެންމެ ފުރަތަމަ ކަސްރަތުގެ ބާވަތެއް ކަމަށްވާ ކްރޮސް ފިޓް ވޯކްއައުޓެއް "ކްރޮސްފިޓް އޯމް ބޮކްސް"ގެ ނަމުގައި އުފެއްދީ އޭނާއެވެ.

 

View this post on Instagram

 

A post shared by Vrinda Mehta (@vrindaofficial)

ދީޕިޝް ކައިވެނި ކޮށްފައިވަނީވެސް ސެލެބްރިޓީ ޓްރެއިނާއެއް ކަމަށްވާ ވްރިންދާ މެހްތާ އާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *