މި ދަބަހުގެ އަގު އެނގޭތަ؟

މި ދަބަހުގެ އަގު އެނގޭތަ؟

Author
ފާތިމަތު ނާވީ
27 މާރޗް 2021 01:11
0

ބޮލީވުޑް ފިލްމީ ތަރިން އަދި އެނޫންވެސް މަޝްހޫރު ތަރިން އަބަދުވެސް ފެނިގެންދަނީ އަގުބޮޑު ދިރިއުޅުމެއް އުޅޭ ތަނެވެ. އެގޮތުން އިންޓަނޭޝަނަލް ޗުއްޓީތަކާއި އަގޮ ބޮޑެތި ހެދުން، ކާރު ފަދަ ތަކެތި ގެންގުޅެއެވެ.

އަދި ހަމަ އެހެންމެ މިފަދަ ތަރިން ގެންގުޅެ ތަކެތި އަދި އަޅާ ހެދުން ފަދަ ތަކެތި ވަރަށް އަވަހަށް އެއިރެއްގެ ފެޝަނަށް ބަދަލުވެގެންދެއެވެ.

ވަރަށް ފަހުން މަޝްހޫރު ދެ ތަރިން ކަމަށްވާ ޕޫޖާ ހެގްޅޭ އަދި ކަރީނާ ކަޕޫރް ވަނީ އޮރެންޖު ކުލައިގެ ބޮޓެގާ ވެނެޓާ ސްލިންގް ދަބަހަކާއި އެކުގައި ފެނިގެންގޮސްފަ އެވެ. މިއީ އާދައިގެ މީހަކަށް ބޭނުން ކުރެވޭ ވަރަށް ވުރެ އަގުބޮޑު ދަބަހެކެވެ. މި ދަބަހަކީ 220،968 ރުޕީސް (3050 ޑޮލަރު)ގެ އަގު ބޮޑު ދަބަހެކެވެ.

 

View this post on Instagram

 

A post shared by Pooja Hegde (@hegdepooja)

ޑައިރެކްޓާރު ރޯހިތް ޝެޓީގެ އުފަންދުވަހުގައި ޕޫޖާ ހިއްސާކުރި ފޮޓޯއިން ގިނަ ބެލުންތެރިންގެ ލޮލުގައި އަޅައިގެންފައިވަނީ ޕޫޖާގެ ކޮޑުގައި އޮތް މި އަގު ބޮޑޫ ދަބަހެވެ. ހަމަ މި ބްރޭންޑުގެ، މި ކުލައިގެ ދަބަހެއް ކަރީނާ ކަޕޫރްވެސް ބޭނުންކުރަނިކޮށް ވަނީ ފެނިގެން ގޮސްފަ އެވެ.

ކަރީނާ ކަޕޫރް މި ދަބަސް އަޅައިގެން ހުއްޓާ ފެނިފައިވަނީ އޭނާގެ ދެވަނަ ދަރިފުޅު ވިހެއުމުގެ ކުރިންނެވެ. އޭނާގެ ޑިޒައިނާ ރާޖްދީޕް ރަނާވަތުގެ އެކި ކުލައިގެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނުވީ މިދަބަހުންނެވެ. މީގެ އިތުރުން ކަރީނާ ހުރީ ކަންފަތުލާ ބޮޑު ބޮޅެއްގެ އިތުރުން އަވި އައިނެއް އަޅައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

. .khiyaalu
Keehkurantha thi dhabahuge agu balan vee?