’ތަލައިވީ’ގެ ޓްރެއިލަރ އާއެކު ކަންގަނާއަށް ތަޢުރީފް އޮހެނީ!

’ތަލައިވީ’ގެ ޓްރެއިލަރ އާއެކު ކަންގަނާއަށް ތަޢުރީފް އޮހެނީ!

Author
ފާތިމަތު ނާވީ
24 މާރޗް 2021 03:27
0

ކުރިންވެސް އިއުލާން ކޮށްފައި އޮތް ގޮތަށް ކަންގަނާ ރަނާވަތުގެ އުފަންދުވަހު ވަނީ "ތަލައިވީ"ގެ ޓްރެއިލަރ އާންމުކޮށްފަ އެވެ. އިއްޔެއަކީ ކަންގަނާއަށް 34 އަހަރު ފުރުނު އޭނާގެ އުފަންދުވަހެވެ.

"ތަލައިވީ" އަކީ އިންޑިއާގެ ވަރުގަދަ ސިޔާސީ ޝަހްސިއްޔަތެއް ކަމަށްވާ ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޓްރެއިލާއިން ފެނިގެން ދިޔަ ކަންގަނާގެ ހުށަހެޅުމަށް ވަރަށް ގިނަ ބެލުންތެރިންގެ ތަޢުރީފްވަނީ ލިބިފަ އެވެ. އަދި ކަންގަނާއަށް ހަނގާ ކުރާފަރާތްތަކުގެ އަނގަ ބަންދުވެ އޭނާގެ ފޭނުންގެ ކޮމެންޓުތަކުން މުޅި ޓްވިޓާ އަދި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައްވަނީ ފުނިޖެހިފަ އެވެ.

ޖަޔާލަލީތާ އަކީ ވަރަށް ވަރުގަދަ ޝަހްސިއްޔަތެއް ކަމަށާއި މި ރޯލު އެހެން މީހަކަށް މިހާ ފުރިހަމައަށް އަދާ ނުކުރެވޭނެކަމަށް ބެލުންތެރިން ބުނަމުންދެ އެވެ. އަދި ހަމަ އެހެންމެ މި މައުލޫއަކީ ވަރަށް ގަދަޔަށް ކުރިންވެސް އަދި މިހާރުވެސް ބަހުސް ކުރެވެމުން އަންނަ މައުލޫއަކަށް ވުމާ އެކުގައި މި ފިލްމު ވެގެންދާނީ ބެލުންތެރިން ވަރަށް އިންތިޒާރު ކުރާނެ ފިލްމަކަށެވެ.

ޖަޔާލަލީތާ އަކީ ޓެމިލްނާޑޫއަށް ނިސްބަތްވާ ޝަހްސިއްޔަތަކަށް ވުމުން މިފިލްމުގެ އެންމެބޮޑު އޯޑިއަންސެއް އޮންނާނެ ކަމަށް ބެލެވެނީ ސައުތު އިންޑިއާގައެވެ. އެހެންކަމުން ހިންދީގެ އިތުރުން ތަމިލް އަދި ތެލުގޫ ބަހުން ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ.

މި ފިލްމު ސިނަމާތަކަށް ނެރެން ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.