ފްލޯޓިން ސިޓީ ޕްރޮޖެކްޓުގެ ލޯކަލް ކޮންސަލްޓެއްޓެއްގެ ގޮތުގައި، ކޮރަޕްޝަގެ ކުށް ސާބިތުވެ ޖަލަށް ހުކުމް ކުރި ބޭފުޅެއް

ފްލޯޓިން ސިޓީ ޕްރޮޖެކްޓުގެ ލޯކަލް ކޮންސަލްޓެއްޓެއްގެ ގޮތުގައި، ކޮރަޕްޝަގެ ކުށް ސާބިތުވެ ޖަލަށް ހުކުމް ކުރި ބޭފުޅެއް

Author
ހުސެއިން
16 މާރޗް 2021 06:44
0

4 ފަހަރަށް ސޮއިކޮށްގެންވެސް ނޭޅިފައި އޮތް، ފްލޯޓިންގ ސިޓީއެއް އެޅުމަށްޓަކާ، 1 ބިލިއަން ޑޮލަރުގެ މި ސިޓީ އެޅުމަށްޓަކާ އަލަށް މި ޕްރޮޖެކްޓް އިފްތިތާޙު ކުރިއިރު، މި މަޝްރޫޢުގެ އިސް ބޭފުޅެއްގެ ގޮތުގައި، ކޮރަޕްޝަންގެ މައްސަލައެއްގައި، 3 އަހަރަށް ޖަލަށްލާން ކުރިން ހުކުމް ކޮށްފައިވާ ބޭފުޅަކު ހުރިކަން ހާމަ ވެއްޖެއެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން އެންމެ ފުރަތަމަ ލޯންޗު ކުރި މަޝްރޫއެކެވެ. ތިން ފަހަރެއްގެ މަތިން ރައީސް ނަޝީދުގެ ވެރިކަމުގައި ނެދަލޭންޑްގެ ޑަޗް ޑޮކްލޭންޑްސް އާއިއެކު މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވެއެވެ. އެއީ އެންމެ ފުރަތަމަ 2009 ވަނަ އަހަރު އަދި އޭގެ ފަހުން 2010 ވަނަ އަހަރާއި 2012 ވަނަ އަހަރުވެސް މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް އެ ކުންފުންޏާއެކު އެއްބަސްވެފައި ވެއެވެ.

2018 ވަަނަ އަހަރު ރައީސް ޞާލިހު ވެރިކަމަސް ވަޑައިގަތުމަށްފަހު، 2019 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ޑަޗް ޑޮކްލޭންޑްސް އާއިއެކު ފްލޯޓިން އައިލެންޑް އެއްބަސްވުމުގައި މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް އަލުން ސޮއި ކޮށްފައެވެ.

އަލުން މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫޢު އަލުން ލޯންޗު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބުދުﷲ މައުސޫމާއި މަޖިލިސް ރައީސް މުހަމަދު ނަޝީދެވެ. އަދި މިރަސްމިއްޔާތުގައި، މިމަޝްރޫޢުގެ ލޯކަލް ކޮންސަލްޓަންޓެއްގެ ގޮތުގައި ބއިވެރި ވަޑައިގެންނެވީ، ނަޝީދުގެ ވެރިކަމުގައި، ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑައިރަކްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ރިޔާޒުއެވެ.

2014 ވަނަ އަހަރުގެ އޮކްޓޯބަރުމަހު، ކުރިމިނަލް ކޯޓުން އެނާގެ މައްޗަށް 3 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީ، ނަޝީދުގެ ވެރިކަމުގައި، 21 މިލިއަން ޑޮލަރަށް، ނުގަވައިދުން ހެވީލޯޑު ކުންފުންޏަށް ތިލަފުށީ ބިންހިއްކުމުގެ މަޝްރޫހު އެވާރޑް ކޮށްދިނުމުގައި އެނާގެ ދައުރު އޮތްކަމަށް ސާބިތު ވުމާއި ގުޅިގެންނެވެ.

ހެވީ ލޯޑު ކުންފުންޏަކީ އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާމަނިކުގެ ކުންފުންޏެކެވެ.

ކޮރަޕްޝަންގެ ކުށް ސާބިތުވެގެން، 3 އަހަރަށް އިބުރާހިމް ރިޔާޒު ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން އޭރު އިއްވި ހުކުމުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓް ހެވީލޯޑަށް އެވާޑް ކުރުމަށް ނިންމާފައިވަނީ އޭނާކަމުގައި ވާއިރު، އަދީ އޭނާ މިގޮތަށް ނިންމާފައިވަނީ، ތިލަފުށި ކޯޕަރޭޝަންގެ އޭރުގެ ބޯޑުން ފާސްކޮށްގެން ކަމުގައި އޭނާ ކޯޓުގައި ބުނެފައިވިނަމަވެސް، އެކަން އާނާއަށް ކޯޓުގައި ސާބިތު ކޮށްދެވިފައި ނުވާކަމަށެވެ. އަދި ކޯޓުން އޭރު ބުނެފައިވަނީ، ރިޔާޒުގެ މިނިންމުމަކީ، ތިލަފުށި ކޯޕަރޭޝަންގެ އޮޕަރޭޝަނަލް ރެގިއުލޭޝަންތަކާވެސް ޚިލާފަށް އޭނާ ނިންމާފައިވާ ނިންމުމެއް ކަމުގައެވެ.

މިމައްސލައާއި ގުޅޭގޮތުން ކޯޓަށް ހުށަހަޅާފައިވާ ލިޔެކުޔުންތަކަށް ބަލާއިރު، ރިޔާޒު އޭނާގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އެގެން އޮންނަކަމަށް އޭރު ކޯޓުން ނިންމާފައި ވެއެވެ. އަދި އޭނާގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް 2014 ވަނަ ކުރިމިނަލް ކޯޓުން އިއްފާފައިވަނީ ކޮރަޕްޝަން މަނާކުރުމުގެ ގާނޫނުގެ 12 މާއްދާގެ ދަށުންނެވެ.

ފްލޯޓިން ސިޓީ ޕްރޮޖެކްޓަކީ މައިގަޑު ގޮތެއްގައި ބޯހިޔާވަހިކަމަށް އަމާޒު ކޮށްގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ނަމަވެސް، މި ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ އަސްލަމް ބައިވެރިވެ ވަޑައިގެންފަ އެއް ނުވެއެވެ. އަދި 1 ބިލިޔަން ޑޮލަރުގެ މިބިޔަ ޕްރޮޖެކްޓް ހޮލެންޑުގެ ޑަޗް ޑޮކްލޭންޑް ކުންފުނިން ކުރިޔަށް ގެންދަނީ ކޮން އުސޫލަކުން ކަމެއްވެސް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ. މިގޮތުން މިޕްރޮޖެކްޓް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ސޮވެރިންގ ގެރެންޓީއެއް މިކުންފުންޏަށް ދީފައިވާކަމެއްވެސް އަދި އެގޭކަށް ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Buru
Meena laigen dhen ves echcheh negwy goiy vaanee. Ehenve mikaleyge mi. lanee