ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާ މީހަކު ހައްޔަރުކުރުމަށް ދިވެހި ފުލުހުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ފ. ނިލަންދޫ، ރާހި، އުމުރުން 38 އަހަރުގެ އިޒްޔާން ޢަބްދުލްޙަމީދެވެ. ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މި މައްސަލަ އިދާރާއަށް ރިޕޯޓުކުރިއިރުވެސް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. އަދި އޭނާ މިހާރު ދިރިއުޅެމުންދާ ވަކި ތަނެއް މިހާތަނަށް ތަޙުޤީޤަށް ހޯދިފައެއް ނުވެއެވެ.
އިންޓަޕޯލް ރެޑް ނޯޓިސްއަކީ ކުށުގެ ތުހުމަތުކުރެވޭ މީހުން ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އާންމުކުރާ ނޯޓިސްއެކެވެ. މި ނޯޓިސް ނެރުމާ ގުޅިގެން، ބައިނަލްއަޤުވާމީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަން ފުލުހުންނަށް ލިބި، ޤާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އިޒްޔާން ހޯދައި ހައްޔަރުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ