ރިސޯޓް މުވައްޒަފުންނަށް އާއިލާ ކައިރިއަށް ދިއުމަށް ހުރި ދަތިތައް ހަލުކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

ރިސޯޓް މުވައްޒަފުންނަށް އާއިލާ ކައިރިއަށް ދިއުމަށް ހުރި ދަތިތައް ހަލުކުރުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 01:07
0
ކޯވިޑް-19އާއި ގުޅިގެން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވަައްޒަފުންނަށް އާއިލާ ކައިރިއަށް ނުދެވި އެތައް މަހެއް ވެފައިވާތީ އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިކަން ޙައްލުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ. އެ ގަރާރު ހުށައެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް އެމީހުންގެ އާއިލާތައް ކައިރިއަށް ނުދެވި އެތައް މަހެއް ހޭދަވަމުންދާތީ ބޮޑެތި ހިތްދަތިކަމެއް ކުރިމަތިވެފައިވާކަމެއްކަމަށެވެ. މިހާރު އޮންނަ އުސޫލުތަކުގެ ދަށުން އާއިލާތަކަށް ދާން ބޭނުންނަމަ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހުނު ނަމަވެސް އެ މުއްދަތު މުސާރަ ނުލިބޭ ދުވަސްތަކެއްގެ ގޮތުގައި ބައެއް ރިސޯޓްތަކުން ގުނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ހަފުތާއަކުވެސް އޮފް ނަގަން މަޖުބޫރުވެފައިވާއިރު އޮފްޑޭތައް އެއްކޮށް ލިބޭނެގޮތެއްނެތްކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ރަށްތަކުގައި ކަރަންޓީނުވާނެ ތަނެއް ނެތްއިރު، އެފަދަ ތަންތަން ހުންނަ ރަށްރަށުގައި އެތަންތަން ކުއްޔަށް ހިފަންޖެހޭކަމާއި، އެކަމުގެ ސަބަބުން ރިސޯޓް މުވައްޒަފުންނަށް ޞިއްޙީ ޚިދުމަތް ހޯދަން ދިޔުމުގައިވެސް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށްވެސް މި މައްސަލާގައިވެއެވެ.

 ބައެއް ރަށްރަށުގައި ކަރަންޓީނުވާނެ ގޮތެއް ނެތުމާއި، ކުއްޔަށް ތަންތަން ހިފައިގެން ކަރަންޓީނު ވާންޖެހުމާއި މުވައްޒަފުން ޑޮކްޓަރަަށް ދައްކަން ދާންވެސް ބޮޑެތި ތަކުލީފްތަކެއް އުުފުލަން ޖެހޭ ފަދަ ގޮތަކަށް އޮތީ…

– ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް

ޙުސައިން މަހައްމަދު ލަޠީފް ހުށައެޅުއްވި ގަރާރުގައި ބައެއް ރަށްރަށުގައި ކަރަންޓީނުވާނެ ގޮތެއް ނެތުމާއި، ކުއްޔަށް ތަންތަން ހިފައިގެން ކަރަންޓީނު ވާންޖެހުމާއި މުވައްޒަފުން ޑޮކްޓަރަަށް ދައްކަން ދާންވެސް ބޮޑެތި ތަކުލީފްތަކެއް އުުފުލަން ޖެހޭ ފަދަ ގޮތަކަށް އޮތުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.