ސިކުނޑީގެ މައްޗަށް ޖަޒުބާތު އިސްކުރީމަ ވާނެގޮތް މިވަނީ: ދިޔާނާ

ސިކުނޑީގެ މައްޗަށް ޖަޒުބާތު އިސްކުރީމަ ވާނެގޮތް މިވަނީ: ދިޔާނާ

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 11:18
0

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ލަސްކަމަށާއި، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައްވަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި މައްސަލަތަކެއް އުޅޭ ކަމަށާއި، މަސައްކަތްތައް ވެސް ލަސްކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ. އެކަމަށް ފާޑުވިދާޅުވެ ދިޔާނާ ސަޢީދު ވިދާޅުވީ، އެއީ ސިކުންޑީގެ މައްޗަށް ޖަޒްބާތު އިސްކުރުމުން ވީކަމެއްކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި އާއިލާއާއި ތިމާގެ ގާތް މީހުންނަށް ސަރުކާރުގެ މަޤާމުތައް ދިނުމަށް ޖާގަ ދެއްވީ ކޮން ބޭފުލެއްތޯވެސް ދިޔާނާ ސުވާލުކުރެއްވިއެވެެ.

ދިޔާނާ މިހެން ވިދާޅުވެފައިވާއިރު، ޓްރާންޕޯޓް މިނިސްޓްރީގައި މިސަރުކާރު ފެށުނީއްސުރެ މައްސަލަތަކެއް އުޅޭކަމުގެ ވާާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވެއެވެ. ނަމަވެސް އެ މިނިސްޓްރީއަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވަނީ ކޯލިޝަންގެ ބައިވެރިއެއްގެ އަނބިކަނބަލުން އެ މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވުމުންކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.
ލައިސެންސް ދިނުން މެދުކަނޑާލާފައި އޮންނަތާ ގިނަދުވަސްވުމާއި، އަދިވެސް ޓްރާންސްޕޯޓުގެ އެހެނިގެން މައްސަލަތަކާ މެދު ހިތްހަމަނުޖެހިގެން ޓްރާންޕޯޓް މިނިސްޓްރީގައި އިއްޔެ ބަޔަކު ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފިލިއަލީ
ވަރަށް ރަނގަޅު ވާހަކައެއް. ތީހަމަ ލޯބީގެ ކުޅިގަނޑެއް.