އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް މިސަރުކާރުން އަޅާނުލިކަމަށްކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ، އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް މިސަރުކާރުން އަޅާނުލިކަމަށާއި، ރޯޔަލް ކޭސްތައް ހިންދާލީކަމަށެވެ. އަދި ޖިންސީ ކުށްކުރާ މީހުންނަށް ސަރުކާރުގެ ހިމާޔަތްލިބޭކަމަށާއި، މަޖިލީހުގައި ތިއްބަވާ އެމްޑީޕީ އަންހެން މެންބަރުންވެސް ޖައްސަވާ ދެފުށްކެހެރި ޓޭޕް ދެން ނުހިނގާނެކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.
އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް މިސަރުކާރުން އަޅައެއްނުލި. ރޯޔަލް ކޭސްތައް ހިންދާލީ. ޖިންސީ ކުށްކުރާ މީހުންނަށް ސަރުކާރުގެ ހިމާޔަތްލިބޭ. މަޖިލީހުގައި ތިއްބަވާ އެމްޑީޕީ އަންހެން މެންބަރުންވެސް ތިޔަޖައްސަވާ ދެފުށްކެހެރި ޓޭޕް ދެން ނުހިނގާނެ! pic.twitter.com/XMdoGOD5Ox
— Mohamed Jameel Ahmed (@MJameelAhmed) March 8, 2021
ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ޖިންސީ ގޯނާކުރިކަމަށް ބުނާ ދެ މީހުންނަށް އެއްވެސް ފިޔަވަޅެއްނާލާ ދޫކޮށްލާފައި ތިބުމުން ވަރަށް ގިނަބައެއްގެ ފަޑުކިއުން އަމާުޒުވެފައިވެއެވެ. އެ މައްސަލާގައި މިހާތަނަށް ފިޔަވަޅު އަޅާފައިނުވަނީ، އެ މައްސަލާގެ ތުހުމަތުކުރެވޭ މީހުންނަކީ މިސަރުކާރުގެ އިސް ބައެއް ބޭފުލުންނާއި ގުޅުންހުރި ބައެއްކަމަށްވާތީކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
އަލީ ވަޙީދު ފުރި މައްސަލަ ބެލުމަށް މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގެންފި
މީގެ އިތުރުން އަންހެނުންނަށް ޖިންސީ ގޯނާކުރިކަމިގެ ތުހުމަތުކުރެވޭ ބައެއް މީހުންނަށް ފިޔަވަޅުަނާޅާ ދޫކޮށްލާފައިވާއިރު، މިސަރުކާރުގައި އެފަދަ ތުހުމަތުތަކެއް ކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ސަރުކާރުން ބޭރަށް ފުރުވާލިކަމުގެ ތުހުމަތުވެސް ސަރުކާރަށް އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ