އިންޑިއާ ވިސާއަށް އޮންލައިންކޮށް އެދެވޭނެ ގޮތް ހަމަޖައްސައިފި

އިންޑިއާ ވިސާއަށް އޮންލައިންކޮށް އެދެވޭނެ ގޮތް ހަމަޖައްސައިފި

Author
މުޙައްމަދު ޖިމީ
07 މާރޗް 2021 07:51
0

ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އިންޑިއާ ވިސާ އޮންލައިންކޮށް އެދެވޭނެގޮތަށް ހަމަޖައްސައިިފިއެވެ.

އިންޑިއާއަށް ދާ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިދިޔަ މަހު ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ. އިންޑިއާ ވިސާއަށް އެދުމަށް އެޕްލިކޭޝަން ހުށައެޅުމަށް ކޮންމެ ރެޔަކު އިންޑިއާ ހައިކޮމިޝަން ކައިރީގައި ގިނަ ޢަދަދެއްގެ މީހުން ކިއުގައި ތިބެއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ވިސާއަށް އެދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ނިޒާމަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން، އޮންލައިންކޮށް ވިސާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު، އެޕޮއިންޓްމަންޓް ބުކް ކުރެވޭނެކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އެގޮތުން 7 މާރިޗު 2021 އިން ފެށިގެން، ވިސާ އެޕްލިކޭޝަން ކާމިޔާބުކަމާއިއެކު އޮންލައިންކޮށް ފުރިހަމަ ކުރެއްވުމަށްފަހު (https://indianvisaonline.gov.in/visa/index.html) – އަޅުގަނޑުމެންގެ ވިސާ އެޕޮއިންޓްމެންޓް ވެބްސައިޓަށް (https://hcimv-consularappointment.com) ވަޑައިން އެންމެ އަވަހަށް ލިބެންއޮތް އެޕޮއިންޓްމެންޓް ޚިޔާރުކުރައްވާ، އެޕޮއިންޓްމެންޓް ހެއްދެވޭނެއެވެ.

– އިންޑިއާ ހައިކޮމިޝަން

މި ބަދަލާއެކު ހޮޓްލައިން ނަންބަރު މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުމަށް ހުޅުވާލާފައިވާއިރު، ހައިކޮމިޝަނުން ޓޯކަން ދޫކުރުންވެސް މިހާރު ވަނީ ހުއްޓަލާފައެވެ.
އިންޑިއާއަށް ދަންބޭނުންވާ ދިވެހިންނަށް ވިސާއަށް އެދެވޭނެ ފަސޭހަ އިންތިޒާމްތަކެއް އިންޑިއާ ހައިކޮމިޝަނުން ހަމަޖައްސައިދީފައިވާއިރު، ކޯވިޑް-19އާއި ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވީނަމަވެސް ދިވެހިންނަށް އެ ޤައުމަށް އެތެރެވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.