ކޯވިޑު-19 އަށް ޓެސްޓު ކުރަން ބޭނުން ކުރާ ޓެސްޓު ކިޓު ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެސްޓީއޯއިން ދިން މައްސަލައެއް އޭސީސީއަށް ހުށައަޅާއިފިއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މެޑިކުއިޕް ކުންފުންޏާއި ހަވާލުކޮށްގެން ޓެސްޓް ކިޓް ގެންނަ މައްސަލައެއް އޭސީސީއަށް ހުށައަލާފައިވާއިރު، އެސްޓީއޯއިން ކިއާޖެން ބްރޭންޑްގެ ޓެސްޓްކިޓު ރާއްޖެ ގެންންނީ މިހާތަނަށް މެޑިކުއިޕް މެދުވެރިކޮށެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ޓެސްޓް ކިޓް ސަޕްލައި ކުރަނީ އެސްޓީއޯއިންނެވެ. އެސްޓީއޯއިން މެޑިކުއިޕް މެދުވެރިކޮށް ޓެސްޓް ކިޓް ގަންނަމުންދާއިރު، އެކުންފުނިން ޓެސްޓް ކިޓް ގަންނަނީ އިންޑިއާގެ ތާރޑް ޕާޓީ ކުންފުންޏަކުންނެވެ.
ކިޔާޖެން ކުންފުނިން ހެޔޮ އަގެެއްގައި އެސްޓީއޯއަށް ޓެސްޓް ކިޓް ފޯރުކޮށްދިނުމަށް ހުށައެޅިނަމަވެސް އެސްޓީއޯއިން އެ ކުންފުންޏަށްވުރެ ބޮޑު އަގެއްގައި ޓެސްޓް ކިޓް ގަންނަނީ މެޑިކުއިޕް މެދުވެރިކޮށެވެ.
މެޑިކުއިޕް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފާއި، ހިޔަލީ މުޙައްމަދު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. ހިޔަލީ މުޙައްމަދު ރަޝީދަކީ، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެމެންބަރު އަޙްމަދު ރަޝީދުގެ ބޭބެއެވެ.
ކޮމެންޓު ފޮނުވާ