ޑރ.އިޔާޟަށް އަޅާފައިވަނީ ސިޔާސީ ފިޔަވަޅުތަކެއް: ޑރ.ޖަމީލް

ޑރ.އިޔާޟަށް އަޅާފައިވަނީ ސިޔާސީ ފިޔަވަޅުތަކެއް: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
07 މާރޗް 2021 10:54
0

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ޤައުމީ ޔުނިވާސިޓީން އެޅި ފިޔަވަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަަވަޅެއްކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ވަނީ 14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށާއި، ޔުނިވާސިޓީއަށް އަމާޒުވެގެން ގޮސްފައެވެ.

މިކަމާއި ގުޅިގެން ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ކިތަންމެ ޚިޔާލުތަފާތުވިޔަސް ޑރ.އިޔާޟް އަކީ އިސްލާމްދީނުގެ ޢިލްމު ފަތުރަން ބުރަކޮށް މަސައްކަތްކުރައްވާ ޢިލްމުވެރިއެއްކަމަށެވެ. ޑރ.އިޔާޟަށް ޤައުމީ ޔުނިވާސިޓން އެޅި ފިޔަވަޅަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަަވަޅެއްކަމަށާއި، ޢިލްމުވެރިންނަށް ފިޔަވަޅުއެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

 

ސޯޝަލް މީޑިއާގައި ފާޅުކުރަމުން ގެންދާ ޚިޔާލުތަކާއި ގުޅިގެން ޑރ.އިޔާޟް ސަސްޕެންޑްކޮށްފައިވާއިރު، ޑރ.އިޔާޟް ވަނީ ހައްގު ބަސް ބުނެގެން އޮތް އަދަބަކީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނުން ކަމުގައިވާނަމަ އެކަން ކުރިޔަސް ފަސްޖެހުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

ޑރ.އިޔާޒަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.

މިކަންކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވެފައިވަނީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެކަމަށެވެ. އަދި ވަޒީފގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓާލާނެކަމަށް ދެކުމަކީ ވަރަށް ދެރަކަމެއްކަމަށް ޑރ.އިޔާޒުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.