ސްޓެލްކޯއިން ހުރިހާ މުވައްޒަފުން ވެކްސިން ޖެހުމަށް މަޖުބޫރުކުރަނީ

ސްޓެލްކޯއިން ހުރިހާ މުވައްޒަފުން ވެކްސިން ޖެހުމަށް މަޖުބޫރުކުރަނީ

Author
މުޙައްމަދު ޖިމީ
07 މާރޗް 2021 09:59
0

ކޯވިޑް-19 ވެކްސިން ހުރިހާ މުވައްޒިފުން ޖެހި ފުރަތަމަ ކުންފުންޏަށް ވުމަށްޓަކައި ސްޓެލްކޯއިން މުވައްޒަފުން ވެކްސިން ޖެހުމަށް މަޖުބޫރުކުރަން ފަށައިފިއެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ، އެކުންފުނީގެ އިސް މެނޭޛުމަންޓުން މުވައްޒަފުންނަށް ގުޅައި، ވެކްސިން ޖެހުމަށް މަޖުބޫރު ކުރުވަމުން އަންނަކަމަށާއި، ވެކްސިން ނުޖަހައިފިނަމަ އޮފީހަށް ނުވައްދާނެކަމުގެ އިންޒާރުވެސް ދެމުން އަންނަކަމަށެވެ. މިކަމާއި ބައެއް މުވައްޒަފުން ތިބީ ހިތްހަމަ ނުޖެހިފައިކަމަށް މަޢުލޫމާތު ލިބެއެވެ. ސްޓެލްކޯއިން މުވައްޒަފުން ވެކްސިން ޖެހުމަށް މަޖުބޫރުކުރުވަމުން އަންނަނީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުރިހާ މުވައްޒަފުން ވެކްސިން ޖެހި ކުންފުންޏަށް ވުމަށްޓަކައިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުންކަމަށް ވީނަމަވެސް، އެއްވެސް މީހަކަށް ވެކްސިން ޖެހުމަށް މަޖުބޫރު ނުކުރާނެކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.

މުވައްޒަފުން ވެކްސިން ޖެހުމަށް މަޖުބޫރުކުރަމުން އަންނައިރު، ސްޓެލްކޯ އިން ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފުވެގެން އެ ބައްޔަށް ޕޮޒިޓިވްވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް މުވައްޒަފުންނަށް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.