އައްޑޫއަށް އަސްތައް ގެނެސްފި

އައްޑޫއަށް އަސްތައް ގެނެސްފި

Author
މުޙައްމަދު ޖިމީ
06 މާރޗް 2021 08:46
0

އައްޑޫއަށް ގެނައުމަށް ހަމަޖެހިފައިވާ އަސްތައް އެ ސިޓިއަށް ގެންގޮސްފިއެވެ.

އެ އަސްތައް ރާއްޖެ ގެނެސްފައިވަނީ އިންޑިއާއިންނެވެ. އައްޑޫ ސިޓީއަށް އަސްތައ ގެނައީ ޤައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޮންތި 2 ނަމަކަށް ކިޔާ ބޯޓުގައެވެ. އެކުންފުނިން ވަނީ އަސްތައް އައްޑޫއަށް ގެނެވިފައިވާކަމަށް ބުނެ، އެ އަސްތައް ގެނައުމުގައި އެތަކެތި ރަނގަޅަށް ބެލެހެއްޓި ބޮންތި 2 ގެ ފަޅުވެރިންނަށް ޝުކުރު އަދާކޮށްފައެވެ. އެކުންފުނިން ވަނީ އަސްތަކުގެ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

މިއަސްތައް އައްޑޫއަށް ގެނެސްފައިވަނީ ސަދަން ސްޓޭލިއަން ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ވަނީ ފުރަތަމަ ގެނެސްފައިވަނީ 3 އަހެވެ. އެއީ ހުދާއި ކަޅު ކުލައިގެ އަސްތަކެކެވެ.

އައްޑޫއަށް ގެންނަ އަސްތައް ޤައުމީ ޝިޕިންލައިން ބޯޓަށް އަރުވައިފި

އައްޑޫ ސިޓީއަށް އަސްތަކެއް ގެނެސް އަސް ދުއްވުމުގެ ވިޔަފާރިއެއް ފަށަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. އައްޑޫ އަތޮޅަށް ފަސް އަސް ގެނެސްގެން، އަސް ދުއްވުމުގެ ވިޔަފާރިއެއް ފެށުމަށް ޒުވާނަކު މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަސްތަކާއި ގުޅޭ ސެޓްފިކެޓްތައް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހަދާ ނިންމާލާފައިވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓަކަށް ވާނެ ކަމަށާއި މިއީ އަޖުމަ ބަލާލަން ރަނގަޅު ޚިދުމަތެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަނާނާ
ހެހެހެ.ތިކުރެވުނީ އައްޑޫ ރައްޔިތުން ހައްލައިގެން ހިތުން ވަރަށް މޮޅު ކަމެއް ވޯޓު ހޯދަން.ކޮއްކޯ އައްޑޫ ރައްޔިތުން އެހާ ގަމާރެއް ނުވާނެ.ރައްޔިތުންގެ ޖީބަށް ވަރަށް ލުއިވާނެ މިހާރު.ޖީބު ހުސްވީމާ ލުއި ވާނެތާ.