ގާނޫނުަ އަސާސީގެ ބޭރުން އެޗްޕީއޭ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްގުތައް ކުއްލިނުރައްކަލުގެ ޙާލަތުގައިވެސް ނިގުޅައި ނުގަނެވޭ މިންވަރަށް ނިގުޅައިގެންފައިވާކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ ޙާލަތުގައިވެސް ރައީސް ނަޝީދު ގޭގެއަށް ވަޑައިގަންނަވާ މަންޒަރާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޢާންމުންނާ ބައްދަލުކުރާމަންޒަރު ފެންނަ ފޮޓޯއާއި، އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒަހަރާގެ ބައިވެރިން ހައްޔަރުކުރާ މަންޒަރު ދައްކުވައިދޭ ފޮޓީއާއާއެކު ޑރ.ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިއަދު ގާނޫނުަ އަސާސީގެ ބޭރުން އެޗްޕީއޭ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްގުތައް ކުއްލިނުރައްކަލުގެ ޙާލަތުގައިވެސް ނިގުޅައި ނުގަނެވޭ މިންވަރަށް ނިގުޅައިގެންފިކަމަށެވެ. އެމްޑީޕީން އަބަދުވެސް ސަލާމަތީ ބާރުތައް ބޭނުންކުރަނީ ޣައިރު ގާނޫނީ ކަންތައްތައްކުރުވަންކަމަށްވެސް ޑރ.ޖަމީލް ވތުހުމަތުކުރެއްވިއެވެ.
މިއަދު ގާނޫނުަ އަސާސީގެ ބޭރުން އެޗްޕީއޭ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްގުތައް ކުއްލިނުރައްކަލުގެ ޙާލަތުގައިވެސް ނިގުޅައި ނުގަނެވޭ މިންވަރަށް ނިގުޅައިގެންފި. އެމްޑީޕީން އަބަދުވެސް ސަލާމަތީ ބާރުތައް ބޭނުންކުރަނީ ޢައިރު ގާނޫނީކަންތައްތައްކުރުވަން. pic.twitter.com/dO0wQyQ0lX
— Mohamed Jameel Ahmed (@MJameelAhmed) March 6, 2021
ޑރ.ޖަމީލް މިހެން ވިދާލުވިއިރު، ކޯވިޑްގެ ގައިޑްލައިނުން އިސްތިސްނާވެ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ރަށްރަށް ދަތުރުކޮށް އިންތިޚާބަށް ކެމްޕެއިން ކުރާކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެއިން އެއްވެސް ހައްގެއް ނުދޭކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި އިދިކޮޅުން މުޒާހަރާއަށް ނިކުންނަކަން އިޢުލާންކުރާ ކޮންމެ ފަހަރަކު އެޗްޕީއޭއިން ކޯވިޑް ފިޔަވަޅުތައް ހަރުކަށިކުރާކަމުގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ