އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވާ ނިކަމެތި މީހުން ޖަލަށްލާ، ގަސްތުގައި ބަލި ފަތުރަން ނިކުންނަ މީހުން މިނވަންކުރާކަމަށާއި، އެކަމުގައި އިންސާފަކީ ކޮބައިކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ސުވާލު ކުރައްވައިފިއެވެ،
އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒަހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ކޯވިޑް-19އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަން އުޅުމުން އެކަމަށް ދެކޮޅު ހަދަން އުޅުނުކަމަށް ބުނާ ވާހަކައާއެކު ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެޗްޕީއޭގެ އެންގުންތަކާއި މަޖުބޫރީ ހާލަތުގައި ޚިލާފުވާ ޢާންމު ނިކަމެތި މީހާ14 ދުވަހަށް ޖަލަށްލާކަމަށެވެ. ނަމަވެސް ގަސްތުގައި ބަލި ފަތުރަން ނިކުންނަ މީހުން މިނިވަންކަމާއެކު އުޅޭކަމަށާއި، މިކަމުގައި އިންސާފަކީ ކޮބައިކަމަށް ފުލުހުންނާއި އެޗްޕީއޭ ޓެގްކުރައްވާ ނިހާދު ސުވާލު ކުރެއްވިއެވެ.
އިއްޔެ އިދިކޮޅުން ބޭޭއްވި މުޒާހަރާގައި ހައްޔަރުކުރި 39 މީހުން ދޫކޮށްލާފައިވާއިރު، އެމީހުން ކޯވިޑް19އަށް ޓެސްޓުކުރަން ސާމްޕަލް ނަގަން އެދުމުން އެކަމަށް ވަނީ ދެކޮޅު ހަދައިފައެވެ. އެ އެންމެންގެ ސާމްޕަލް ނަގަން އެދުނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި ބަޔަކަށް ވެފައި، އެމީހުންނަކީ ގިނަ ފުލުހުންނާ ކޮންޓެކްޓްވެފައިވާ ބަޔަކަށް ވުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ