ލަޠީފް ޑރ.މައުސޫމަށް: އެންމެ ދުވަހެއް ފާހަގަކޮށްގެން ރައްޔިތުންގެ ޖީބަށް ޕައުންޑެއް ނުވަންނާނެ

ލަޠީފް ޑރ.މައުސޫމަށް: އެންމެ ދުވަހެއް ފާހަގަކޮށްގެން ރައްޔިތުންގެ ޖީބަށް ޕައުންޑެއް ނުވަންނާނެ

Author
މުޙައްމަދު ޖިމީ
06 މާރޗް 2021 06:57
0

އެއް އަހަރުދުވަހުގެ ތެރޭގައި ހިމެނޭ 356 ދުވަހުގެ ތެރެއިން އެންމެ ދުވަހެއއް އައްޑޫގައި ފަހަގަކޮށްގެން އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑު ނުވަންނާނެކަމަށް ވިދާލުވެ އައްޑޫ މޭޔަރުކަމަށް ވާދަކުރައްވާ މުޙައްމަދު ލަޠީފް، މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމަށް ރައްދު ދެއްވައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާއިރު މިއަހަރުގެ މިދުވަސް ފާހަގަކުރަން ނިންމާފައިވަނީ އައްޑޫ ސިޓީގައިކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.

އައްޑޫ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަޠީފް ވިދަޅުވީ، 365 ދުވަހުން އެއްދުވަސް އައްޑޫގައި ފާހަގަ ކުރުމަކުން އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑެއް ނުވަންނާނެކަމަށެވެ. 13 އަހަރުން ހޯދާނުދެވުނު ކުރިއެރުމާއި ތަނަވަސްކަން އަޅުގަނޑުގެ މޭޔަރު ކަމުގައި އައްޑޫ ރައްޔިތުން ހާސިލުކުރާނެކަމަށް ލަޠީފް ވިދާޅުވިއެވެ.

ލަޠީފް މިހެން ވިދާޅުވެފައިވާއިރު، ލާމަރުކަޒީ ޤާނޫނުގެ ދަށުން މިހާތަަނަށް ބޭއްވި ހުރިހާ ކައުންސިލް އިންތިޚާބެއްގައި އައްޑޫ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށެވެ. ނަމަވެސް ރާއްޖޭައި މާލެ ފިޔަވާ އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫއަށް އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުންގެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދެވިފައިނުވާކަމުގެ ކަންބޮޑުވުން ރައްޔިތުން ފާހަގަކުރެއެވެ.

365 ދުވަހުން އެއްދުވަސް އައްޑޫގައި ފާހަގަ ކުރުމަކުން އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑެއް ނުވަންނާނެކަމަށް ވިދާޅުވެ، ޑރ.ޢަބްދުﷲ މައުސޫމަށް ލަޠީފް ރައްދު ދެއްވާފައިވާއިރު، ޑރ.މައުސޫމް ވަނީ އައްޑޫ ސިޓީގައި ބޭއްވި “ބްރިޓިޝް ލޯޔަލްޓީ” ޝިޕްރެކަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގައި އެއް ޝިއާރަކީ ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވެއްދުން ނަމަވެސް އައްޑޫ ސިޓީގައި ރައްޔިތު މީހާގެ ޖީބަށް ޕައުންޑް ވަންނާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.