ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދުގެ އިތުބާރު ނެތްކަމަށް އަލްހާން ފަހުމީ ކުރިއަށްގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުން ދައްކައިފިއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ޓްވިޓާގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދަށް އިތުބާރު އޮތްތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވި މީހުންގެ ތެރެއިން%61.2 މީހުން ވަނީ ރައީސް ނަޝީދަށް އިތުބާރު ނެތްކަމަށް ބުނެފައެވެ. އަަދި އިތުބާރު އޮތްކަމަށް ވޯޓު ދީފައިވަނީ%38.8 މީހުންނެވެ.
އަޅުގަނޑު މިހާރު މިނަގަނީ މަޖްލިސް ރައީސް @MohamedNasheed ގެ އިތުބާރު އޮތްތޯ ބެލުމަށް ނަގާ އާންމު ވޯޓެއް!
މަޖްލިސް ރައީސް @MohamedNasheed އަށް ރައްޔިތުންގެ އިތުބާރު އެބައޮތްތޯ؟
— ????? ????? – ?? (@AlhanFahmy) March 2, 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުގެ އިތުބާރު ނެތްކަމަށް ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާއިރު، މި ސަރުކާރުގެ ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމްގެ އިތުބާރުވެސް ނެތްކަމަށް ދާދި ފަހުން ނެގުނު ޚިޔަލު ހޯދުމުގެ ވޯޓުން ދައްކާފައިވެއެވެ.
61% ޓުވިޓަރގައި އުޅޭ ދިވެހިން ބުނަނީ މަޖްލިސް ރައީސް @MohamedNasheed އަކަށް އިތުބާރެއް ނެތޭ! https://t.co/jgNEoLhdMM
— ????? ????? – ?? (@AlhanFahmy) March 6, 2021
މީގެ އިތުރުން ރައީސް ނަޝިދުގެ އިތުބާރު ނެތްކަމަށް ގިނަ ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާފައިވާާއިރު، މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒަށް އެންޓި ކެމްޕެއިން ކުރުމުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންދަނީ ސޯޝަލް މީޑިޔާގައި އަވަދިނެތި މަސައްކަތް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ