އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ބާއްވާ ރަށު ސްޓިއަރިން ކޮމިޓީގެ އިންތިޚާބާއި ދިމާކޮށް ޚާއްސަ އެނިމޭޓެޑް ވީޑިއޯއެއް ތަޢާރަފް ކޮށްފިއެވެ.
މިމަހުގެ 20ގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ރަށު ސްޓިއަރިން ކޮމިޓީއަށް އިދިކޮޅު ކޯލިޝަނުން ހަދާފައިވާ އެނިމޭޓެޑް ވީޑިޔޯ ސޯޝަލް މީޑިޔާގައިވަނީ ވަރަށްބޮޑަށް ދައުރުވެ ވައިގައި ހިފާފައެވެ. މިވީޑިޔޯއިން ޤައުމުގެ މިހާރުގެ ހާލަތު އޮތްގޮތުން މީހެއްގެ އުދާސްތައް ބޭރުކޮށް ކަންބޮޑުވުންތަކަށް އޮތް ހައްލަކީ ރަށު ސްޓިއަރިން ކޮމިޓީކަމަށް މި ވީޑިޔޯގައި ބުނެފައި ވެއެވެ.
— Abdul Raheem Abdulla (@Banafsaa) October 15, 2020
އިދިކޮޅު ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިޚާބީ ކޮމިޓީންނާއި، ޕީޕީއެމްގެ ވެބްސައިޓް www.ppm.mv އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހުންނާއި، ހ. ހުރަފައިން ލިބެން ހުންނާނެކަމަށް އެކޯލިޝަނުން ބުނެއެވެ.
ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލެވޭ މަޤާމުތައް:
* ޢާންމު މެމްބަރުން
* އަންހެން މެމްބަރު
* ޒުވާން މެމްބަރު (ޢުމުރުން 35 އަހަރުނުވާ)
އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިޚާބުގެ ރަށްތަކުގެ ސްޓިއަރިން ކޮމިޓީ އެކުލެވިގެންދާނީ ރަށްރަށުގެ އާބާދީތަކަށް ބަލައި 5 މެމްބަރުން ފެށިގެން 11 މެމްބަރުންނާއި ހަމަޔަށްކަމަށާއި، އިންތިޚާބްގެ މެމްބަރުން ކަނޑައެޅިގެންދާނީ އާބާދީގެ ނިސްބަތުން ކަމަށް އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ރަށްރަށުގެ ސްޓިއަރިން ކޮމިޓީއެކުލަވާލުމަށް އިންތިޙާބެއް ބާއްވާއިރު، ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިޚާބް ކުރުމަށްޓަކައި އިންތިޚާބްވި މެމްބަރުންގެ ތެރެއިން ކުރިމަތިލާ މީހުންގެ މެދުގައި އާންމު މެމްބަރުންގެ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޯލިޝަންގެ އިންތިޚާބީ ކޮމިޓީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ